Advertisement

ބޯޓުގެ ފުރޮޅު ގޮވައި ގެއްލުންވެފައި ވަނިކޮށް ރައްކާތެރިކަމާ އެކު ޖައްސައިފި

4 ޖުލައި 2022 - 05:43 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ބޯޓަށް ލިބިފައިވާ ގެއްލުން. -- ފޮޓޯ: ޕެޑްލް ޔޯ އޯން ކެނޫ


ބޯޓުގެ ފުރޮޅު ގޮވައި ގެއްލުންވެފައި ވަނިކޮށް ރައްކާތެރިކަމާ އެކު ޖައްސައިފި

4 ޖުލައި 2022 - 05:43 0

ޑުބާއީއިން އޮސްޓްރޭލިއާއަށް ދަތުރު ކުރި އެމިރޭޓްސްގެ ފްލައިޓެއް ވައިގެ ތެރޭގައި އޮއްވައި ފުރޮޅު ގޮވައި ބޯޓުގެ ބޭރަށް ގެއްލުންވެފައި ވަނިކޮށް ރައްކާތެރިކަމާ އެކު ޖައްސައިފި އެވެ.

އެއާބަސް އޭ380 ބޯޓުގެ 22 ފުރޮޅުގެ ތެރެއިން އެއް ފުރޮޅު ގޮވީ މައްޗަަށް އަރައި ހަމަޖެހިލުމުގެ މަސައްކަތް ކުރަނިކޮށް ނުވަތަ ދަތުރުގެ ކްރޫޒް ޕޯޝަންގަ އެވެ.

ފުރޮޅު ގޮވުމުން ގެއްލުންވީ ބޯޓުގެ އެއިރޯޑައިނަމިކް ފެއާރިންއަށް ކަމަށް އެމިރޭޓްސްގެ ތަރުޖަމާނަކު ބުންޏެވެ. އެއީ ބޯޓުގެ ބޭރުގައިވާ ޕެނަލެކެވެ.

ޑުބާއީއިން ބްރިޒްބޭންއަށް ދިޔ އީކޭ430 ފްލައިޓްގައި ތިބި ހުރިހާ ޕަސެންޖަރުން ރައްކާތެރިކަމާ އެކު ފޭބި އިރު، ބޯޓުގެ ފިޔުސެލޭޖް، ފްރޭމް ނުވަތަ ސްޓްރަކްޗާއަށް ގެއްލުމެއް ނުލިބެ އެވެ.

އޮސްޓްރޭލިއާގެ 7ނިއުސް ބްރިޒްބޭންއިން ރިޕޯޓު ކުރި ގޮތުގައި ބޯޓު ތިރި ކުރި އިރު، އޭގެ އެއް ފަޅީގައި ލޯ ވަޅެއް ހުރި މަންޒަރު ފެނުނެވެ.