Advertisement

އެސްޓީއޯގެ ތިން ވަނަ އާގުބޯޓު އެމްއެސްއެސް ގްރެފީން ގަތުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

1 ޖުލައި 2022 - 15:38 0

ބޯޓު ގަތުމުގެ އެއްބަސްވުމުގައި މިއަދު ސޮއި ކުރަނީ


އެސްޓީއޯގެ ތިން ވަނަ އާގުބޯޓު އެމްއެސްއެސް ގްރެފީން ގަތުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

1 ޖުލައި 2022 - 15:38 0

އެސްޓީއޯގެ ދަށުން ހިންގާ މޯލްޑިވްސް ސްޓޭޓް ޝިޕިންގެ ތިން ވަނަ އާގުބޯޓު އެމްއެސްއެސް ގްރެފީން ގަތުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

އެސްޓީއޯއިން ބުނީ އެއީ 680 ކޮންޓައިނަރު ބަރުކޮށްގެން ދަތުރުކުރުމުގެ ކެޕޭސިޓީ ހުރި ބޯޓެއް ކަމަށެވެ. އެ ބޯޓު ދަތުރު ކުރާނީ ރާއްޖެ އާއި ސިންގަޕޫރު އަދި މެލޭޝިޔާއަށެވެ.

ސްޓޭޓް ޝިޕިންގެ ބޯޓުތަކުގެ ތެރޭގައި ދެން ހިމެނެނީ އެމްވީ އެމްއެސްއެސް ކްރޯމް އާއި އެމްއެސްއެސް ގަލޭނާ އެވެ. ކްރޯމަކީ 48،000 ޓަނުގެ ބޯޓެކެވެ. ގަލޭނާއަކީ 450 ކޮންޓެއިނަރު އުފުލޭވަރުގެ ބޯޓެކެވެ.

ގަލޭނާ ދަތުރުކުރަން ހާއްސަކޮށްފައި އޮތީ ސްރީ ލަންކާގެ ކޮލޮމްބޯ އާއި ރާއްޖެއާ ދެމެދު އެވެ.

ސްޓޭޓް ޝިޕިންއަކީ ދައުލަތުގެ ޝިޕިން އިންޑަސްޓްރީ ފުޅާ ކުރުމުގެ ވިސްނުމުގައި އެސްޓީއޯއިން އުފެއްދި ކުންފުންޏެކެވެ. އެ ކުންފުނީގެ 99.9 ޕަސެންޓު ހިއްސާ އޮންނަނީ އެސްޓީއޯގެ އެވެ. ބާކީ 0.1 ޕަސެންޓު ހިއްސާ އޮންނަނީ އެސްޓީއޯގެ ސަބްސިޑަރީ ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް) ގެ އެވެ.