Advertisement

އިންޑިއާގެ ފުރިހަމަ އެހީ ލަންކާއަށް ލިބޭނެ: ފޮރިން ސެކެޓްރީ

އިންޑިއާ ސަރުކާރުގެ ވަފުދުން ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސައާ ބައްދަލުކުރަނީ.


އިންޑިއާގެ ފުރިހަމަ އެހީ ލަންކާއަށް ލިބޭނެ: ފޮރިން ސެކެޓްރީ

ސްރީލަންކާއަށް ކުރިމަތިވެފައިވާ އުނދަގޫ ހާލަތުން އަރައިގަތުމަށް އިންޑިއާގެ ފުރިހަމަ އެހީ މެދުކެނޑުމެއް ނެތި ފޯރުކޮށްދޭނެ ކަމަށް އިންޑިއާގެ ފޮރިން ސެކެޓްރީ ވިނޭ ކްވަތްރާ ވިދާޅުވެއްޖެ އެވެ.

ކްވަތްރާއާއެކު އިންޑިއާ ސަރުކާރުގެ އިސް އޮފިޝަލުން ހިމެނޭ ވަފުދެއް ވަނީ ބުރާސްފަތި ދުވަހު ކޮލޮމްބޯއަށް ދަތުރުކޮށް ރައީސް ގޮތަބަޔާ ރާޖަޕަކްސައާ ބައްދަލުކުރައްވާފަ އެވެ.

އިންޑިއާއިން ދޫކުރި ކްރެޑިޓް ލައިން ފެސިލިޓީއެއްގެ ދަށުން ލަންކާއިން ވަނީ ކާބޯތަކެއްޗާއި، ތެޔޮ، ގޭސް އަދި ބޭހާއި ގަސް ކާނާ އެތެރެކޮށްފަ އެވެ.

ލަންކާގެ އިގްތިސާދީ ކާރިސާއިން އަރައިގަތުމަށް އިންޑިއާގެ އިތުރު އެހީ ހޯދުމާ ގުޅޭ ގޮތުން ބުރާސްފަތި ދުވަހު މަޝްވަރާ ކުރެއްވި އެވެ.

އިންޑިއާގެ ވަފުދުން ވަނީ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހައާ ވެސް ބައްދަލުކޮށްފަ އެވެ. އިންޑިއާގެ ވަފުދުން ބުނީ މިހާތަނަށް 3.5 ބިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދީފައި ވަނީ "އަވައްޓެރިން އިސްކުރުމުގެ" ސިޔާސަތުގެ ދަށުން ކަމަށެވެ.

އިތުރު އެހީގެ ޔަގީންކަން އިންޑިއާއިން ދީފައިވާ އިރު، އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ އެހީ ހޯދަން ލަންކާއިން ކުރާ މަސައްކަތުގައި އިންޑިއާއިން ފޯރުކޮށްދޭ އެހީތެރިކަމަށް ވެސް ލަންކާ ސަރުކާރުން ޝުކުރު އަދާކުރި އެވެ.