Advertisement

މަރަޑޯނާގެ މަރުގެ ދައުވާ މެޑިކަލް ޓީމާ ދެކޮޅަށް ކޯޓުގައި ކުރިއަށްދާނެ

23 ޖޫން 2022 - 13:29 0

ފީފާ ބެސްޓް އެވޯޑްސް ހަފްލާއެއްގެ ތެރެއިން މަރަޑޯނާ.


މަރަޑޯނާގެ މަރުގެ ދައުވާ މެޑިކަލް ޓީމާ ދެކޮޅަށް ކޯޓުގައި ކުރިއަށްދާނެ

23 ޖޫން 2022 - 13:29 0

ބީނޯސް އޭރީސް (ޖޫން 23) – ހާޓް އެޓޭކެއް ޖެހިގެން މަރުވި ފުޓްބޯޅަ ލެޖެންޑް ޑިއޭގޯ މަަރަޑޯނާގެ ބޭސްފަރުވާގެ ކަންކަމަށް އިހުމާލުވެފައިވާ ކަމަށާއި ގަސްދުގައި އޭނާ މަރުވާނެ ހާލަތަށް ދޫކޮށްލި މައްސަލަައިގައި މަރަޑޯނާގެ މެޑިކަލް ޓީމުގެ މައްޗަށް އުފުލާފައިވާ ދައުވާގެ މައްސަލަ ކޯޓުގައި ކުރިއަށްގެންދާނެ ކަމަށް ނިންމައިފި އެވެ.

އާޖެންޓީނާގެ ކޯޓަކުން އިއްޔެ ނިންމާފައިވަނީ 25، ނޮވެމްބަރު 2020 ވަނަ ދުވަހު މަރުވި މަރަޑޯނާގެ ސިއްހީ ކަންކަމަށް އިހުމާލުވި ކަމުގެ ދައުވާ އުފުލާފައިވާ އަށް މެމްބަރުންގެ މެޑިކަލް ޓީމުގެ ދައުވާގެ މައްސަލަ ކޯޓުގައި ކުރިއަށްދާނެ ކަމަށެވެ. އެކަމަކު، އަޑުއެހުންތައް ފަށާނެ ދުވަހެއް ކޯޓުން އަދި ނިންމާފައިނުވެ އެވެ. މެޑިކަލް ޓީމާ ދެކޮޅަށް އުފުލަނީ ގަސްދުގައި މީހަކު މަރުވާން ދޫކޮށްލިކަމުގެ ދައުވާ އެވެ.

އުމުރުން 60 އަހަރުގައި މަރަޑޯނާ މަރުވިއިރު، އޭގެ ދެ ހަފްތާއެއްހާ ދުވަސްކުރިން ވަނީ ސިކުނޑީގައި ލޭކޮޅެއް ގަނޑުވެގެން އޮޕަރޭޝަނެއް ކޮށްފަ އެވެ. އަދި އޭނާ އަށް ފާއިތުވި 20 ވަރަކަށް އަހަރު ތެރޭގައި ދިޔައީ ކުޅުމުގެ ކެރިއަރުގައި ވެސް ދިމާވެފައިހުރި މަސްތުވާތަކެތީގެ ކަންކަމުގެ ސަބަބުން ދިމާވި ސިއްހީ މައްސަލަތަކަށް ފަރުވާ ދެމުންނެވެ.

އާޖެންޓީނާ އަށް 1986 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކޮށްދިން ކެޕްޓަން މަރަޑޯނާގެ މަރަށް ފަހު އެންމެ ފުރަތަމަ ދުވަހުން ފެށިގެން އޭނާ އަށް އެކަށީގެންވާ ފަރުވާ ދީފައިނުވާ ކަމަށް މީޑިއާގައި އަޑުފެތުރެން ފެށި އެވެ. އަދި އޮޕަރޭޝަނެއް ކޮށްފައި ހޮސްޕިޓަލްގައި ނުބާއްވައި އަވަހަށް ދޫކޮށްލުމަކީ ވެސް އާއިލާގެ ކަންބޮޑުވުމެކެވެ.

މަަރަޑޯނާގެ މަރާ ގުޅޭ މައްސަލައެއް އާޖެންޓީނާގެ ޕްރޮސެކިއުޓަރުން ތަކެއް އަމިއްލަ އަށް އިސްނަގައިގެން ބަލަން ފެށީ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް، މަރަޑޯނާގެ ދެ އަންހެން ދަރިންގެ ބޮޑެތި ޝަކުވާތަކެއް ހުރުމުންނެވެ.

މަރަޑޯނާގެ މަރާބެހޭ ހަގީގަތް ދެނެގަންނަން ޕްރޮސެކިއުޓަރުން ވަނީ 20 ސިއްހީ ތަޖުރިބާކާރުން ހިމެނޭ ޓީމަކާ އެކަން ދިރާސާކުރަން ހަވާލުކޮށްފަ އެވެ. އެ ޓީމުން އެކުލަވާލި 70 ސޮފުހާގެ ރިޕޯޓްގައިވާ ގޮތުން މަަރަޑޯނާގެ ބޭސްފަރުވާގެ ކަން ކަމަށް އޭނާގެ މެޑިކަލް ޓީމުން އޮތީ ވަރަށް ބޮޑަށް އިހުމާލުވެފަ އެވެ. އެ ރިޕޯޓްގައިވާ ގޮތުން މަރަޑޯނާ މަރުވީ އެތައް އިރެއް ވަންދެން އޮތްއިރު ވެސް ފަރުވާއެއް ނުލިބި ހިތް ހުއްޓުމުންނެވެ.

އާޖެންޓީނާ ގައުމީ ޓީމަށް ކުޅުނު މެޗެއްގެ ތެރެއިން މަރަޑޯނާ: ވޯލްޑް ކަޕްގެ މެޗެއްގެ ތެރެއިން.--


ސިއްހީ ތަޖުރިބާކާރުން ތައްޔާރުކުރި ތަފްސީލް ރިޕޯޓްގައިވާ ގޮތުން މަރަޑޯނާ މަރުވުމުގެ 12 ގަޑިއިރު ކުރިން އޭނާ ވަރަށް ބޮޑަށް ބަލިވި އެވެ. އޭގެ ފަހުން އޭނާ ރަނގަޅަށް މޮނިޓާކުރެވިފައި ނުވާ ކަމަށް ރިޕޯޓްގައިވެ އެވެ. އަދި ގޭގެ ބަދަލުގައި ނޮވެމްބަރު 12 ވަނަ ދުވަހު ކުރި އޮޕަރޭޝަނަށް ފަހު މަހެއްހާ ދުވަސް ވަންދެން ހޮސްޕިޓަލެއްގައި މަރަޑޯނާ އަށް ފަރުވާދިންނަަމަ އޭނާ ސަލާމަތްވުމުގެ ފުރުސަތު ބޮޑު ކަމަށް އެ ރިޕޯޓްގައިވެ އެވެ.

މަރަޑޯނާގެ އޮޕަރޭޝަން ކުރި ނިއުރޯސާޖަން ޑރ ލިއޮޕޮލްޑޯ ލޫކޭ އާއި ސައިކެޓްރިސްޓް އޮގަސްޓީނާ ވަނީ އެއްވެސް ކަމެއް ގޯސްކޮށް ކޮށްފައިނުވާނެ ކަމަށާއި އެކަން ސާބިތުކޮށްދެވޭނެ ކަމަށް މީގެ ކުރިން ބުނެފަ އެވެ. އެކަމަކު މަރަޑޯނާ އާއި މެޑިކަލް ޓީމުގެ މެދުގައި ދެކެވިފައި ހުރި ބައެއް ވާހަކަތައް އާޖެންޓީނާގެ މީޑިއާގައި މިހާރު ލީކުވެފައިވާއިރު، މެޑިކަލް ޓީމުން ބައެއް ކަންކަން ކޮށްފައިވަނީ އެންމެ ރަނގަޅަށް ނޫންކަން ހާމަވެ އެެވެ.

މަރަޑޯނާގެ އާއިލާ އިން ކުރާ ބައެއް ކަހަލަ ތުހުމަތުތަކަށް އިޝާރާތްކޮށް ޑރ. ލޫކޭ ބުނީ އެ މީހުން ބޭނުންވީ މަރަޑޯނާ ހޮސްޕިޓަލުގައި ބޭއްވުމަށް ކަމަށެވެ. އެކަމަކު އޮޕަރޭޝަން ކުރިތާ އަށް ދުވަސް ފަހުން މަރަޑޯނާ ގެޔަށް ޑިސްޗާޖް ކުރަން ނިންމީ މަރަޑޯނާ އާއި އޭނާގެ ދަރިން އެ ގޮތަށް ބޭނުންވާތީ އާއި ގޭގައި ވެސް ޝިފްޓް ޑިއުޓީ ބަހައިގެން ނަރުހުން ބެހެއްޓޭނެ އިންތިޒާމު ހަމަޖެއްސޭނެތީ ކަމަށް ޑރ ލޫކޭ ބުންޏެވެ.