Advertisement

މަރަޑޯނާގެ ކޮއްކޮ ހޫގޯ މަރުވެއްޖެ

29 ޑިސެންބަރު 2021 - 11:11 0


މަރަޑޯނާގެ ކޮއްކޮ ހޫގޯ މަރުވެއްޖެ

29 ޑިސެންބަރު 2021 - 11:11 0

ރޯމް (ޑިސެމްބަރު 29) - އާޖެންޓީނާގެ ލެޖެންޑް ޑިއޭގޯ މަރަޑޯނާގެ ކޮއްކޮ، ހޫގޯ މަރަޑޯނާ އިއްޔެ މަރުވެއްޖެ އެވެ.

މަރަޑޯނާ މަރުވިތާ އަހަރެއްހާ ދުވަސް ފަހުން، އޭނާގެ ކޮއްކޮ ހޫގޯ ،52، މަރުވިކަން އޭނާގެ ކުރީގެ ކްލަބު ނަޕޯލީން ވަނީ އިއްޔެ ކަށަވަރުކޮށްދީފަ އެވެ. ރިޕޯޓްތަކުން ބުނާގޮތުގައި ހޫގޯ މަރުވީ ހާޓް އެޓޭކެއް ޖެހިގެނެވެ.

އާޖެންޓީނާގެ ޔޫތު ޓީމުތަކަށް ކުރިން ކުޅުނު މިޑްފީލްޑަރެއް ކަމަށްވާ ހޫގޯ ވަނީ ކްލަބު ކެރިއަރުގައި އިޓާލީ، ސްޕެއިން، އާޖެންޓީނާ އަދި ޖަޕާންގެ ކްލަބުތަކަށް ކުޅެފަ އެވެ. ހޫގޯ ވަނީ ފަހުން އިޓަލީގައި ވަޒަންވެރިވެ، ނޭޕަލްސްގެ އެމެޗުއާ ކްލަބުތަކަށް ކޯޗުކޮށްދީފަ އެވެ.

މަރަޑޯނާ ވެސް ކުރިން ކުޅުނު ކްލަބު ކަމަށްވާ ނަޕޯލީ އަށް ހޫގޯ ބަދަލުވީ 1987 ވަނަ އަހަރެވެ. އެކަމަކު ނަޕޯލީން ވަނީ އޭނާ އަސްކޮލީ އަށް ލޯނަކަށް ދޫކޮށްފަ އެވެ. އެ އަހަރުގެ ސެޕްޓެމްބަރު މަހު، ހޫގޯ ވަނީ އަސްކޮލީއާއެކު، އޭނާގެ ބޭބެ މަރަޑޯނާއާ ދެކޮޅަށް ކުޅެފަ އެވެ.

ފުޓްބޯޅައިގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު ގަބޫލްކުރާ މަރަޑޯނާ މަރުވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ. މަރަޑޯނާ މަރުވީ އުމުރުން 60 އަހަރުގަ އެވެ. -- އޭއެފްޕީ