Advertisement

ބީއެމްއެލް ކޮމިއުނިޓީ ފަންޑުން ބިލެތްފަހި ސްކޫލަށް ލައިބްރަރީއެއް

19 ޖޫން 2022 - 18:03 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ ދަށުން ބިލެތްފަހި ސުކޫލުގައި ތަރައްގީ ކުރި ލައިބްރަރީ --- ފޮޓޯ: ބީއެމްއެލް


ބީއެމްއެލް ކޮމިއުނިޓީ ފަންޑުން ބިލެތްފަހި ސްކޫލަށް ލައިބްރަރީއެއް

19 ޖޫން 2022 - 18:03 0

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކޮމިއުނިޓީ ފަންޑުގެ ދަށުން ށ. ބިލެތްފަހި ސްކޫލްގެ ލައިބްރަރީ ތަރައްގީކޮށްފި އެވެ.

އެ މަޝްރޫއަކީ އެ ސްކޫލްގެ ޓީޗަރެއް ކަމަށްވާ އިސްމާއިލް ޝަރީފް ކުރިއަށް ގެންދެވި މަޝްރޫއެކެވެ.

އެގޮތުން އެ ޕްރޮޖެކްޓުގެ ދަށުން ސުކޫލު ލައިބްރައީއަށް އަލަށް 700އެއްހާ ފޮތް އިތުރުކޮށް ފޮތް ހަރުގަނޑު ހިމަނައި، މޭޒާއި ގޮނޑި ފަދަ ފަރުނީޗަރު ވަނީ ހޯދާފަ އެވެ.

އެކަމާ ގުޅިގެން އިސްމާއިލް ޝަރީފް ވިދާޅުވީ ލައިބްރަރީއަށް އިނގިރޭސި އަދި ދިވެހި ފޮތް އިތުރުކޮށް ކުދިންނަށް ފޮތް ކިޔުމަށް އެކަށޭނަ މާހައުލެއް ގާއިމް ކުރެވިގެން ދިޔުމުގެ ސަބަބުން ސްކޫލްގެ ރީޑިން ޕްރޮގްރާމަށް އިތުރު ފުރިހަމަ ކަމެއް ލިބިފައިވާ ކަމަށެވެ.

"ލައިބްރަރީ އަށް މި ގެނެވުނު ބަދަލާއެކު ފޮތް ކިޔުމަށާއި ފިލާވަޅުތައް ދަސްކުރުމަށް އިތުރު ކުދިން ޝައުގުވެރިވާނެ މާހައުލެއް މިވަނީ ގާއިމްވެފައި. މި ފުރުސަތުގައި ބިލެތްފަހި ކައުންސިލަށާއި، ޓީޗަރުންނަށް، ލައިބްރޭރިއަންގެ އިތުރުން އެކި ގޮތްގޮތުން މި ޕްރޮޖެކްޓަށް އެހީވެ ދެއްވި އެންމެހާ ފަރާތްތަކަށް ޝުކުރު ދަންނަވަން،" ޝަރީފް ވިދާޅުވި އެވެ.

ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތައުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ.

މިހާރު ބޭންކުން ދަނީ މިއަހަރުގެ ދެވަނަ ކުއާޓާ އަށް ހުށަހެޅުނު ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމުގެ މަސައްކަތްކުރަމުންނެވެ.