Advertisement

ށ. ފުނަދޫގެ ބިން ހިއްކަން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނަނީ

18 ޖޫން 2022 - 12:46 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ށ. ފުނަދޫ: އެ ރަށުގެ ބިން ހިއްކުމަށް ބަޖެޓުގައި ހިމަނާނެ ކަން ރައީސް ވަނީ އިއުލާނުކުރައްވާފައި-- ފޮޓޯ: ޖަޒްލާން މުހައްމަދު


ށ. ފުނަދޫގެ ބިން ހިއްކަން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނަނީ

18 ޖޫން 2022 - 12:46 0

ށ. ފުނަދޫއަށް ދިމާވެފައިވާ ބިމުގެ ދަތިކަމުގެ މައްސަލަ ހައްލު ކުރުމަށް، އެ ރަށުގެ ބިން ހިއްކުމުގެ މަސައްކަތް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރިއަށް ގެންދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ.

ފުނަދޫ ސުކޫލަށް 50 އަހަރު ފުރުމުގެ ގޮތުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ އެ ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ގިނަ މައްސަލަތައް ހައްލު ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ. އެގޮތުން، އެ ރަށުގެ ބިން ހިއްކަން ނިންމާފައިވާ ކަން އިއުލާނުކުރެއްވި އެވެ.

"މިރަށުގެ ކަންކަމަށް ބަލާއިރު، ރަށުގައި ދިރިއުޅޭ އާބާދީ މިދަނީ ދުވަހުން ދުވަހަށް އިތުރުވަމުން، އެއާ ގުޅިގެން ރައްޔިތުންގެ ބޯހިޔާވަހި ކަމަށް ބޭނުން އެބަވޭ، އެހެންކަމުން މިރަށުގެ ރައްޔިތުން އެދިފައި އޮތް ގޮތަށް، ބިން ހިއްކާ ރަށްރަށުގެ ލިސްޓުގައި އިރާދަކުރެއްވިއްޔާ، މި ރަށް ހިމަނައި، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން އެ މަސައްކަތް އަޅުގަނޑުމެން ފަށާނަން،" ރައީސް ވިދާޅުވި އެވެ.

ފުނަދޫ ސުކޫލުގެ އަހަރީ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް


އަދި، އެ ރަށަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ ކަމަށްވާ ރަށް ގިރުމުގެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އެހެންނަމަވެސް، މި މަޝްރޫއުތަކާ ގުޅޭ އިތުރު ތަފްސީލެއް ރައީސް ދެއްވަވާފައެއް ނުވެ އެވެ.

މީގެ ކުރިން، އެ ރަށުގައި އެއާޕޯޓު އެޅުމަށް، ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ވެސް ފުނަދޫގެ ބިން ހިއްކާފައިވެ އެވެ. އެގޮތުން، އެ އަހަރު 21 ހެކްޓަރުގެ ބިން ހިއްކާފައިވެ އެވެ.

މި ސަރުކާރުން ފުނަދޫގައި ހިންގާ 16 މަޝްރޫއެއް މިވަގުތު ވެސް އޮތީ އެކި މަރުހަލާތަކުގަ އެވެ. އޭގެ ތެރެއިން ސްކޫލުގައި 15 ކްލާސްރޫމް އިމާރާތް ކުރުމާއި، އަތޮޅު ހޮސްޕިޓަލް އަޕްގްރޭޑު ކުރުމުގެ އިތުރުން ފުޓްބޯޅަ ދަނޑު ތަރައްގީ ކުރުމުގެ މަސައްކަތް އަންނަނީ ހިނގަމުންނެވެ.