Advertisement

މީހަކު ރަހީނުކުރުމުގައި ބައިވެރިވުމުން ހަތަރުމަހަށް ގޭބަންދުކޮށްފި

17 ޖޫން 2022 - 20:03 0


މީހަކު ރަހީނުކުރުމުގައި ބައިވެރިވުމުން ހަތަރުމަހަށް ގޭބަންދުކޮށްފި

17 ޖޫން 2022 - 20:03 0

ގެއެއްގެ ކޮޓަރިއެއްގައި އެތައް އިރެއް ވަންދެން މީހަކު ބަންދުކޮށްގެން ހިފެހެއްޓުމުގައި ބައިވެރިވި މީހަކު ހަތަރު މަސްދުވަހަށް ގޭގައި ބަންދުކުރަން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

ހުއްދަނޫން ގޮތުގައި މީހަކު ހިފެހެއްޓުމުގެ ދައުވާ ދައުވާ ކުރުމުން ހަތަރު މަހަށް ގޭބަންދުކުރަން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކުރީ ޅ. ކުރެންދޫ، ވިނަރެސް އާދަމް ވިޝާންގެ މައްޗަށެވެ. ކްރިމިނަލް ކޯޓުގެ ހުކުމުގައިވާ ގޮތުން އޭނާ އާއި އެހެން މީހަކު ބައިވެރިވެގެން މީހަކު ބަންދުކޮށްގެން ގެންގުޅުނީ ވިލިމާލޭގައި ހުންނަ ގެއެއްގެ ކޮޓަރިއެއްގެ ތެރޭގަ އެވެ.

މިދިޔަ އަހަރު ނޮވެމްބަރު ހަތް ވަނަ ދުވަހު ވިޝާން އާއި އެހެން މީހަކު ބައިވެރިވެގެން މީހަކު ބަންދުކޮށްގެން ގެންގުޅުނީ އެ ދުވަހުގެ މެންދުރުފަހުގެ ވަގުތަކުން ފެށިގެން ހަވީރު 5:30 އާ ހަމައަށެވެ.

ވިޝާނަށް ހުކުމްކުރީ އޭނާގެ އިއުތިރާފުގެ މައްޗަށް އަވަސް ނިޔާގެ އުސޫލުން ކުރިއަށް ގެންދިޔަ ޝަރީއަތަކުންނެވެ. އޭނާއާ އެކު އެކުށުގައި ދެން ބައިވެރިވިކަމަށް ތުހުމަތުވާ މީހާގެ ޝަރީއަތް އަދި ނުނިމެ އެވެ.

ވިޝާނަށް ހަތަރު މަހުގެ ގޭބަންދު ހުކުމް ކުރީ ކްރިމިނަލް ކޯޓުގެ ނިންމުމުގައިވާ ގޮތުން, އަދަބު މަތިވާ ހާލަތު އޮތުމާއި އެކުގައި މެ، އޭނާ ކުށަށް އިއުތިރާފްވެފައި ވާތީ އަދަބު ދަށްވާ ހާލަތް ވެސް އޮތުމުންނެވެ.