16 ޖޫން 2022 - 14:20 2
އައިޝަތު ނުޒުހާ
16 ޖޫން 2022 - 14:20 2
ޕެންޝަން ގާނޫނުން ކަށަވަރު ކޮށްދީފައިވާ ހައްގުތައް އެންމެ ފުރިހަމައަށް ދިނުމަށް ގޮވާލާ، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)އިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ ތަޅުމުން ބަލައިނުގަތުމުން، އެ މައްސަލަ ހައްލުކޮށްދިނުމަށް އެދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިއަދު ސިޓީއެއް ހުށަހަޅައިފި އެވެ.
އެ ޕާޓީން އަތޮޅު ތެރެއަށް ކުރި ދަތުރުތަކުގައި ކުރި ދިރާސާތަކެއްގެ މައްޗަށް ބިނާކޮށް، ޕެންޝަން ގާނޫނުން ޕެންޝަންގެ ހައްގުވެރިންނަށް ލިބެން ޖެހޭ ކަމަށް ބުނާ ކަންކަން އެންމެ އެދެވޭ ގޮތުގައި ނުލިބޭ ކަން ފާހަގަކޮށް މަޖިލީހަށް މައްސަލައެއް ހުށަހެޅީ މިދިޔަ މަހުގެ 18 ވަނަ ދުވަހު އެވެ. އެހެންނަމަވެސް، މައްސަލަ ބަލައިގަތުމާމެދު ނެގި ވޯޓުން ފާސްނުވެ، މައްސަލަ ވަނީ ބޭރުކޮށްލާފަ އެވެ.
އެމްއެންޕީން މިއަދު ބުނީ މި މައްސަލަ ރައީސްގެ ސަމާލުކަމަށް ގެނައުމަށް ޓަކައި ސިޓީއަކުން އެދިފައިވާނެ ކަމަށެވެ. އަދި މި ސިޓީގައި އެ ޕާޓީއިން އިސްރަށްވެހިންގެ ޖަމްއިއްޔާއާއެކު ބޭއްވި ބައްދަލުވުމުގައި އެފަރާތުގެ ނުހަނު ކަންބޮޑުވުން ތަކުރާރުކޮށް ފާޅުކޮށްފައިވާ މައްސަލައެއްކަން ފާހަގަކޮށްފައިވާނެ ކަމަށް އެ ޕާޓީން ބުނެފައިވެ އެވެ.
ޕެންޝަން ހައްގު ފުރިހަމައަށް ދިނުމަށް ގޮވާލާ މައްސަލަ ބޭރު
ޕެންޝަން ހައްގު ފުރިހަމައަށް ދިނުމަށް ގޮވާލާ މައްސަލަ ބޭރު
"މި ގާނޫނާ ގުޅޭގޮތުން މި ޕާޓީއިން ކޮށްފައިވާ ދިރާސާއަކުން ދައްކާގޮތުގައި މި ގާނޫނު ވުޖޫދުވެ ތަންފީޒުކުރެވެން ފެށިގެން މިއަދާއި ހަމަޔަށް މި ގާނޫނުގެ މަގްސަދުތަކާއި، ލާޒިމްކޮށްފައިވާ ޒިންމާތަކާއި މި ގާނޫނުން ކަނޑައަޅާފައިވާ ކަންކަން އެންމެ އެދެވޭ ގޮތެއްގައި ބައެއް ޕެންޝަންގެ ހައްގުވެރިންނަށް ލިބިދެމުން ނުދެއެވެ." އެ ޕާޓީން ބުނެފައިވެ އެވެ.
އެގޮތުން އެ ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހުތަކާއެކު ޕެންޝަންގެ ގޮތުގައި ލިބެންޖެހޭ 5،000 ރުފިޔާ ޕެންޝަންގެ ހައްގުވެރިންނަށް ނުލިބޭ ކަމަށާއި އުމުރުން ދުވަސްވީ މީހުންނަށް ދޭ އިނާޔަތާއި ރިޓަޔާމެންޓް ޕެންޝަނަކީ މުޅިން ދެ އެއްޗަކަށް ވެފައި، މިއީ އިންސާފުވެރި ގޮތެއް ނޫން ކަމަށް ވެސް އެ ޕާޓީން ބުނެފައިވެ އެވެ.
50.00%
0.00%
50.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ޙަސަނުގެ ދަރި
almost 3 years ago
ބުނާއަޑު އިވޭ ވަޒީފާއަދާކުރާ ދުވަސްވަރު މުވައްޒަފުންގެ އަތުން ޕެންޝަނަށް ކަނޑާ ފައިސާ ލިބެނީ އެމީހާ މަރުވީމަ ވާރުތަ ވެރިންނަށޭ. މިއީ ހަގީގަތެއްނަމަ ވަރަށް ދެރަ ކަމެއް އެމީހާ ގައިބާރު ހުރި ދުވަހު ކުރި ބުރަ މަސައްކަތުގެ ފައިދާ އޭނާއަށް ނުލިބި އޭނާގެ ވާރުތަ ވެރިންނަށް ލިބުމަކީ.
ނާޒީ
almost 3 years ago
ބަލަގަ މ؛ޖިލީހުން ދޯ ނިންމާނި. ކޮން ފުއްޕުމެއް ފުއްޕަނީ
Comment