Advertisement

160 މިލިއަނަށްވުރެ ގިނަ ކުޑަކުދިންނަށް މަސައްކަތްކުރަން މަޖުބޫރު ކުރޭ: އދ

13 ޖޫން 2022 - 05:51 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


160 މިލިއަނަށްވުރެ ގިނަ ކުޑަކުދިންނަށް މަސައްކަތްކުރަން މަޖުބޫރު ކުރޭ: އދ

13 ޖޫން 2022 - 05:51 0

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 160 މިލިއަނަށް ވުރެ ގިނަ ކުޑަކުދިން ޗައިލްޑް ލޭބާގެ ޝިކާރައަކަށް ވެފައިވާ ކަމަށް އދ. އިން ހާމަކޮށްފި އެވެ.

އިއްޔެ އަކީ ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ ކުޑަކުދިން ލައްވާ މަސައްކަތްކުރުވުމާ ދެކޮޅަށް މަސައްކަތްކުރާ ދުވަހެވެ. މިއީ އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން މިފަދަ އަމަލުތަކުގެ ސަބަބުން ކުޑަކުދިންނަށް ކުރާ އަސަރުތަކަށް ހޭލުންތެރިކުރުމަށް ކޮންމެ އަހަރަކު ފާހަގަކުރާ ދުވަހެކެވެ.

އދ. އިން ހާމަކޮށްފައިވާ ގޮތުގައި އުމުރުން ފަސް އަހަރުން މަތީގެ ކުޑަކުދިންގެ އާބާދީގެ 10 ޕަސެންޓު ކުދިން މަސައްކަތްކުރަން މަޖުބޫރުކޮށްފައިވެ އެވެ. އޭގެ ތެރެއިން 63 މިލިއަނަކީ އަންހެން ކުދިން ކަމަށްވާއިރު ބާކީ 97 މިލިއަން ކުދިންނަކީ ފިރިހެން ކުދިންނެވެ.

އދ. އިން ޗައިލްޑް ލޭބާ ގޮތުގައި ބަލަނީ މަސައްކަތްކުރަން ޖެހޭ އުމުރަށް ވުރެ ކުޑަކޮށް ނުވަތަ ކުރާ މަސައްކަތެއްގެ ސަބަބުން އެ ކުއްޖެއްގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮ ކަމަށް އަސަރުކުރާ ގޮތަށް ކުޑަކުދިން ލައްވާ މަސައްކަތް ކުރުވާނަމަ އެވެ.

އެންމެ ގިނައިން ކުޑަކުދިން ލައްވާ މަސައްކަތް ކުރުވަނީ ދަނޑުވެރިކަމުގެ ދާއިރާގަ އެވެ. އެގޮތުން 160 މިލިއަން ކުދިންގެ ތެރެއިން 70 ޕަސެންޓު ކުދިން މަސައްކަތް ކުރަނީ ދަނޑުވެރިކަމުގަ އެވެ.

އދ. އިން ނެރުނު ހާއްސަ ރިޕޯޓެއްގައި ވާ ގޮތުގައި 79 މިލިއަން ކުދިން ކުރަނީ ސިއްހަތަށް ގެއްލުން ލިބޭނެ މަސައްކަތްތަކެވެ.