Advertisement

ގަސްކާނާ ހޯދުމަށް އިންޑިއާއިން ލަންކާއަށް 55 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިނެއް

11 ޖޫން 2022 - 07:16 0

އިންޑިއާއިން ލަންކާއަށް ހަމަޖައްސައިދިން 55 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ހަފުލާގައި ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އާއި، އެގްރިކަލްޗަ މިނިސްޓަރު މަހިންދަ އަމަރަވީރާ އާއި، ލަންކާގައި ހުންނަވާ އިންޑިއާ ހައިކޮމިޝަނަރު ގޯޕާލް ބަގްލޭ ބައިވެރިވެވަޑައިގަތް.


ގަސްކާނާ ހޯދުމަށް އިންޑިއާއިން ލަންކާއަށް 55 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިނެއް

11 ޖޫން 2022 - 07:16 0

ގަސްކާނާ ހޯދުމަށް އިންޑިއާއިން ލަންކާއަށް 55 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިނެއް ދޭން ސޮއިކޮށްފި އެވެ.

ތަދުމަޑުކަން ކުރިމަތިވެފައިވާ ސްރީ ލަންކާއަށް ކުރިއަށް އޮތް ގޮވާންކުރުމުގެ މޫސުމަށް 65،000 ޓަނުގެ ޔޫރިއާ ފާޓިލައިޒާ ބޭނުންވެ އެވެ. އެތަކެތި ހޯދަން ޑޮލަރު ނެތުމުން ލަންކާ ސަރުކާރުން އިންޑިއާގެ އެހީތެރިކަމަށް އެދުމާއެކު ވަގުތުން އިންޑިއާގެ އެކްޒިމް ބޭންކު ކްރެޑިޓް ލައިންގެ ދަށުން 55 މިލިއަން ޑޮލަރު ހަމަޖައްސައިދޭން އެއްބަސްވެ، އިއްޔެ ވަނީ ސޮއިކޮށްފަ އެވެ.

އެ އެއްބަސްވުމުގައި ސޮއިކުރުމުގެ ހަފުލާގައި ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އާއި، އެގްރިކަލްޗަ މިނިސްޓަރު މަހިންދަ އަމަރަވީރާ އާއި، ލަންކާގައި ހުންނަވާ އިންޑިއާ ހައިކޮމިޝަނަރު ގޯޕާލް ބަގްލޭ ބައިވެރިވެވަޑައިގަތެވެ.

ޔޫރިއާ ފާޓިލައިޒާއަކީ ލަންކާގެ 1.25 ބިލިއަން ޑޮލަރުގެ ސައިފަތް އިންޑަސްޓްރީން އެންމެ ގިނައިން ބޭނުން ކުރާ ފާޓިލައިޒާ އެވެ. ލަންކާގައި ހަނޑޫ ދަނޑުތައް ހައްދަން ވެސް އެ ފާޓިލައިޒާ ބޭނުން ކުރެ އެވެ.

މިދިޔަ އަހަރު އެގްރޯކެމިކަލް އުފެއްދުންތައް ލަންކާއަށް އެތެރެ ކުރުން މަނާކުރި އެވެ. އެއާއެކު ދަނޑުތައް ހަލާކުވެ ކާބޯތަކެތީގެ އަގުތައް އުފުލޭން ފެށިއެވެ.