Advertisement

އެކްސިޑެންޓެއްގައި އާޓްސް މިނިސްޓްރީގެ ޕޮލިސީ ޑިރެކްޓަރު ހާޝިމްގެ ހާލު ސީރިއަސްވެ އައިސީޔޫގައި

10 ޖޫން 2022 - 15:18 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ހެރިޓޭޖު މިނިސްޓްރީގެ ސީނިޔާ ޕޮލިސީ ޑިރެކްޓަރު އަހުމަދު ހާޝިމް (ޓިންޓިން)--


އެކްސިޑެންޓެއްގައި އާޓްސް މިނިސްޓްރީގެ ޕޮލިސީ ޑިރެކްޓަރު ހާޝިމްގެ ހާލު ސީރިއަސްވެ އައިސީޔޫގައި

10 ޖޫން 2022 - 15:18 0

ރޭ ހިނގި އެކްސިޑެންޓެއްގައި މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖު މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރު އަހުމަދު ހާޝިމަށް ވަރަށް ބޮޑަށް އަނިޔާވެ، އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފި އެވެ.

ހާޝިމްގެ ބޭބެ އަދި ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު (ފިއްޓޭ) "އަދަދު" އަށް ވިދާޅުވީ އެކްސިޑެންޓްވީ ޓޯޔާޑާ ދިމާއިން ބޮޑުތަކުރުފާނު މަގުން ހުރަސްކުރަނިކޮށް ސައިކަލަކުން ޖެހިގެން ކަމަށެވެ.

"ކ. ގުޅިއަށް މަސް ބާނަށް ގޮސްފައި މާލެ އައިސް ދޮށިތައް ބަހައްޓާފައި ސައިކަލް ނަގަން ވެގެން މަގު ހުރަސް ކުރީ. އެ ވަގުތު ބާރު ސްޕީޑްގައި ދިޔަ ސައިކަލްކުން ޖެހި، ވަރަށް ބޮޑަށް ވަނީ އަނިޔާ ލިބިފައި،" ޒިޔާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހާޝިމްގެ ނިއްކުރި މަތިން ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައިވާ ކަމަށާއި، ބޮލުގެ ނާށިގަނޑުގައި ރެނދުލައި، އަރިކަށީގެ ބައެއް ކަށިތައް ބިންދައިގެން ގޮސްފައިވާ ކަމަށެވެ. އަދި ސިކުނޑިއަށް ލޭއެޅިފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދެއްވައި ޒިޔާދު ވިދާޅުވި އެވެ.

"އެކްސިޑެންޓްވި ވަގުތާ ޓްރީ ޓޮޕްގެ އެމްބިއުލާންސް ދިޔައިމަ، އެ އެމްބިއުލާންސްގައި ގެންދިޔައީ ޓްރީ ޓޮޕަށް. އެ ތަނުން ރޭ ދަންވަރު އޭޑީކޭ އަށް ބަދަލުކުރީ. މިހާރު ވެސް ހާލަތު ގޯސް. އޮތީ އައިސީޔޫގައި،" ޒިޔާދު ވިދާޅުވި އެވެ.

ވަޑާމުގެ މަސައްކަތަށް މަޝްހޫރު ހާޝިމް އަކީ ފެށުނީއްސުރެ ވެސް އެމްޑީޕީގައި ހަރަކާތްތެރި މެމްބަރެކެވެ. ވައިކަރަދޫ ކައުންސިލްގެ މެމްބަރުކަމުގެ އިތުރުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުކަން ވެސް ކުރި އެވެ.