Advertisement

އިޒްރޭލުގެ ބޮޑުވަޒީރު ޔޫއޭއީ އަށް ވަޑައިގެންފި

10 ޖޫން 2022 - 06:02 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


އިޒްރޭލުގެ ބޮޑުވަޒީރު ޔޫއޭއީ އަށް ވަޑައިގެންފި

10 ޖޫން 2022 - 06:02 0

އިޒްރޭލުގެ ބޮޑުވަޒީރު ނަފްތަލީ ބެނެޓު ޔޫއޭއީއަށް ކުއްލި ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންފި އެވެ.

މިއީ އީރާންގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓާލުމާ ގުޅޭ ގޮތުން ކުރަމުންދާ މަޝްވަރާތަކަށް ފަހިކުރުމުގެ ގޮތުން ބެނެޓު ކުރައްވާ ދަތުރުފުޅެއް ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މިއީ އިޒްރޭލުގެ ބޮޑުވަޒީރު ޔޫއޭއީ އަށް ވަޑައިގެންނެވި ދެވަނަ ފަހަރެވެ. މީގެ ދެ އަހަރު ކުރިން، 2020 ވަނަ އަހަރުގެ ތެރޭގައި ޔޫއޭއީ އާއި އިޒްރޭލާ ދެމެދު ވަނީ އަލުން ގުޅުން ބަދަހިކޮށްފަ އެވެ. މިދިޔަ މެއި މަހު އިޒްރޭލާއި ޔޫއޭއީ އިން ވަނީ ފްރީ ޓްރޭޑު އެގްރީމެންޓެއްގައި ސޮއިކޮށްފަ އެވެ.

ސަރަހައްދީ ގިނަ މަޝްވަރާތައް މި ދަތުރުފުޅުގައި ބެނެޓު ކުރައްވާނެ އެވެ. އަދި، ޔޫއޭއީގެ ރައީސް ޝެއިހް މުހައްމަދު ބިން ޒައިދު އަލް ނަހްޔާން އާ ވެސް ބައްދަލުކުރައްވާނެ އެވެ.

އިޒްރޭލުން އީރާންގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓުވުމަށް ކުރާ މަސައްކަތުގައި ޔޫއޭއީ އަކީ މުހިންމު ބައިވެރިޔެކެވެ.

އިޒްރޭލުން ތުހުމަތުކުރާ ގޮތުގައި އީރާނުން ނިއުކްލިއާ ޕްރޮގްރާމް ކުރިއަށްގެންދަނީ ހަތިޔާރު އުފެއްދުމަށެވެ. ނަމަވެސް، އީރާނުން އެ ތުހުމަތުތައް ދޮގުކުރެ އެވެ.