Advertisement

ދައުލަތުގެ ހަރަދު ދެކޮޅު ނުޖެހޭ ގޮތަށް ބްރިޖު އަޅާކަށް ނުޖެހޭ: ޔާމީން

3 ޖޫން 2022 - 15:32 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް--


ދައުލަތުގެ ހަރަދު ދެކޮޅު ނުޖެހޭ ގޮތަށް ބްރިޖު އަޅާކަށް ނުޖެހޭ: ޔާމީން

3 ޖޫން 2022 - 15:32 0

ގައުމުގެ އިގްތިސޯދީ ހާލަތު މިވަގުތު އޮތް ގޮތުން، މިއީ ބްރިޖެއް އަޅަން އެންމެ ރަނގަޅު ވަގުތު ނޫން ކަމަށާއި މި ހާލަތުގައި ތިލަމާލެ ބްރިޖު އަޅަން ނުޖެހޭ ކަމަށް ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް އޮފީހުގެ ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ މި ސަރުކާރުން އަޅަން ނިންމާފައިވާ ބުރިޖަކީ މާލީ ގޮތުން ކޮން ކަހަލަ މަންފާއެއް ކުރާނެ ތަނެއް ކަމަށް ސަރުކާރަށް ބުނެދެވިފައިވާ ނުވާ ކަމަށާއި ބްރިޖުން ރައްޔިތުންނަށް ވާނޭ ފައިދާއެއް ނެތް ކަމަށެވެ.

"ދައުލަތުގައި ފައިސާ ނެތި އުޅޭއިރު ކީއްކުރަން އަޅާ ބްރިޖެއްގެ ވާހަކަތޯ މި ދައްކަނީ، ބަޔަކު އަދި ބްރިޖެއް އެޅިޔަކަސް ދެން އަންނަ ކޮންމެ ބަޔަކު ބްރިޖު އަޅާކަށް ނުޖެހޭ،" ޔާމީން ވިދާޅުވި އެވެ.

މިހާރު އަޅަން އުޅޭ ބުރިޖަކީ ދައުލަތަށް މާލީ ބުރައަކަށްވާނެ ބޮޑު އިންޓަރެސްޓު އަރާ ގޮތަށް ލޯނު ނަގައިގެން އަޅާ ބުރިޖެއް ކަމަށް ޔާމީން ވިދާޅުވި އެވެ. އެގޮތުން ސިނަމާލެ ބްރިޖަށް ހަރަދުވި 210 މިލިއަން ޑޮލަރުގެ ތެރެއިން ދައުލަތުން އަނބުރާ ދޭންޖެހެނީ އެންމެ 68 މިލިއަން ޑޮލަރު ކަމަށާއި ތިލަމާލެ ބްރިޖު އަޅަން ހޭދަވާ 400 މިލިއަން ޑޮލަރު އަނބުރާ ދައްކަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"ބްރިޖެއް އަޅާކަށް މިއީ މުނާސަބު ވަގުތެއް ނޫން، ސަރުކާރު އިތުރަށް ދަރަނި ވާނީ، އެހެންވީމަ މި ބްރިޖު އަޅާކަށް ނުޖެހޭ،" ޔާމީން ވިދާޅުވި އެވެ.

ބްރިޖު އަޅަން މިއީ އެންމެ މުނާސަބު ވަގުތު ނޫން ކަން ފާހަގަކުރައްވާ ޔާމީން ވަނީ ބްރިޖުގެ މަސައްކަތް ހުއްޓާލުމަށް ގޮވާލައްވާފަ އެވެ. އަދި ބްރިޖު ނިމޭނެ ކަމަށް ގަބޫލުކުރައްވާ ރަނގަޅު ގޮތަކީ ވެސް ނުނިމުން ކަމަށް ވިދާޅުވި އެވެ.

"މިއީ މިހާރު އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް ނޫން. މިކަން ހުއްޓާލާ. އެއީ މި ބްރިޖް އަދާކުރަން ޖެހޭއިރަކު މި މީހުންނެއް ނޫން ވެރިކަމުގައި ތިބޭނީ. އެހެން ބަޔަކު ޖެހޭނީ މި ޒިންމާ އުފުލަން،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ އެމަނިކުފާނު ދެ ވަނަ ދައުރަކަށް ހޮވިވަޑައިގެންނެވިނަމަ ތިލަމާލެ ބްރިޖަކީ ޗައިނާ ސަރުކާރުން ހިލޭ އަޅައިދޭނެ ކަމަށް އެއްބަސްވެފައިވާ ބްރިޖެއް ކަމަށެވެ.