Advertisement

ބާސެލޯނާ ދޫކޮށް ޑެމްބެލޭ ޗެލްސީ އަށް: ރިޕޯޓް

30 މޭ 2022 - 11:09 0

ބާސެލޯނާގެ ވިންގް ޑެމްބެލޭ: އޭނާ އަންނަނީ ޗެލްސީ އަށް ސޮއިކުރަން މަޝްވަރާ ކުރަމުން.


ބާސެލޯނާ ދޫކޮށް ޑެމްބެލޭ ޗެލްސީ އަށް: ރިޕޯޓް

30 މޭ 2022 - 11:09 0

ލަންޑަން (މެއި 30) - ބާސެލޯނާއާ އެކު ފްރާންސްގެ ވިންގް، އޮސްމާން ޑެމްބެލޭ ހަދާފައިވާ ކޮންޓްރެކްޓް މި ސީޒަނުގެ ނިޔަަލަށް ހަމަވުމުން އޭނާ ހިލޭ ޓްރާންސްފާއެއްގައި ޗެލްސީ އަށް ބަދަލުވާން ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އުމުރުން 25 އަހަރުގެ ޑެމްބެލޭ އަށް ބާސެލޯނާ އިން އާ ކޮންޓްރެކްޓެއް ދޭން މިިދިޔަ އަހަރެއްހާ ދުވަހު ކުރި މަސައްކަތުގައި ވެސް އަލިމަގެއް ނުފެނުނެވެ. މިދިޔަ ޖެނުއަރީ މަހުގެ ޓްރާންސްފާ މާކެޓްގައި ވެސް ބާސެލޯނާ އިން ޑެމްބެލޭ ވިއްކާލަން މަސައްކަތް ކުރި އެވެ.

އެކަމަކު، ބާސެލޯނާ އިން އޭރު ޑެމްބެލޭ ވިއްކަން ކަނޑައަޅާފައިވާ އޮތް 20 މިލިއަން ޔޫރޯ (25 މިލިއަން ޑޮލަރު)ގެ އަގު ބޮޑުވުމުން ކްލަބްތަކުން އެ ޑީލަށް ފަސް ޖެހުނެވެ. އެއީ ސީޒަން ނިންމާފައި ޑެމްބެލޭ ހިލޭ ޓްރާންސްފާއެއްގައި ލިބުމުގެ ފުރުސަތު އޮތުމުންނެވެ.

ބޮރޫޝިއާ ޑޯޓްމަންޓް އިން ބާސެލޯނާ އަށް 2017 ވަނަ އަހަރު ޑެމްބެލޭ ބަދަލުވީ 97 މިލިއަން ޕައުންޑް (122 މިލިއަން ޑޮލަރު) ގެ ޓްރާންސްފާ ފީ އަކަށެވެ. އެކަމަކު، ބާސެލޯނާ އަށް ބަދަލުވި ފަހުން ތަކުރާރުކޮށް ކުރިމަތިވި އަނިޔާގެ މައްސަލަތަކާ އެކު، އެ ކްލަބަށް ޑެމްބެލޭގެ ބޭނުން އެންމެ ރަނގަޅަކަށް ނުހިފުނެވެ. މި ސީޒަނުގައި ޑެމްބެލޭ ވަނީ ބާސެލޯނާގެ 32 މެޗުގައި ކުޅެފަ އެވެ. މިއީ އެއް ސީޒަނެއްގައި ބާސެލޯނާގައި އޭނާ އެންމެ ގިނަ މެޗު ކުޅުނު ފަހަރެވެ.

ބާސެލޯނާ އިން ޑެމްބެލޭ އަށް އާ ޑީލެއް ދޭން ތައްޔާރަށް އޮތް ނަމަވެސް އޭނާ ވިސްނުމަކީ އާ ޗެލެންޖެއް ނެގުމެވެ.

ޑެމްބެލޭ ހޯދަން ފްރާންސްގެ ޕީއެސްޖީ އާއި އިޓަލީގެ ޔުވެންޓަސް އިން މަސައްކަތް ކުރި ނަމަވެސް އިނގިރޭސި މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ޑެމްބެލޭ ދެން ފެންނާނީ ޗެލްސީންނެވެ. އަދި ޑެމްބެލޭ ވެގެންދާނީ ޗެލްސީއާ ދާދި ފަހުން ހަވާލުވި އެމެރިކާގެ މަހުޖަނު ޓޮޑް ބޯލީގެ ކޮންސޯޓިއަމް ގްރޫޕުން ގެންނަ ފުރަތަމަ ކުޅުންތެރިޔާ އަށެވެ.

މި ފަަހަރުގެ ސީޒަނުގައި ހިލޭ ޓްރާންސްފާއެއްގައި އެންޓޯނިއޯ ރުޑިގާ، އަންދްރެއަސް ކްރިސްޓެންސަން އަދި ސެޒާ އަޒްޕިލިކުއޭޓާ ޗެލްސީ ދޫކޮށްލާއިރު، އެ މަގާމަށް ޗެލްސީން އަންނަނީ ސެވިއްޔާގެ ފްރާންސް ޑިފެންޑަރު، ޖޫލްސް ކޫންޑޭ އާއި ޖަރުމަނުގެ އާރްބީ ލައިޕްޒިގަށް ކުޅޭ ކްރޮއޭޝިއާގެ ފުލްބެކް، ޔޮސްކޯ ގްވާޑިއޯލް އަށް ފާރަލަމުންނެވެ.