Advertisement

ރެކޯޑު ފައިދާއެއް ބަހަން ބީއެމްއެލްގެ ހިއްސާދާރުން ފާސްކޮށްފި

29 މޭ 2022 - 21:14 0

އަމަން ހަލީމް

އަމަން ހަލީމް

ބޭންކުގެ ހެޑް އޮފީސް: ބީއެމްއެލްއިން ބުނަނީ މި އަހަރުވެސް ރަނގަޅު ފައިދާއެއް ނެރެވޭނެ ކަމަށް. -- ފޮޓޯ: ހުސެއިން ޝަޔާހު//އަދަދު


ރެކޯޑު ފައިދާއެއް ބަހަން ބީއެމްއެލްގެ ހިއްސާދާރުން ފާސްކޮށްފި

29 މޭ 2022 - 21:14 0

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ތާރީހުގައި ވެސް އެންމެ ބޮޑު އަދަދެއްގެ ފައިދާއެއް ބަހަން އެ ކުންފުނީގެ ހިއްސާދާރުން ދާދި ދެންމެއަކު ފާސްކޮށްފި އެވެ.

ބޭންކުގެ ބޯޑުން ހިއްސާދާރުންނަށް ހުށަހެޅީ އިންޓެރިމް ޑިވިޑެންޑުގެ ގޮތުގައި 13ރ. ގެ މަގުން 69.9 މިލިއަން ރުފިޔާ އާއި ފައިނަލް ޑިވިޑެންޑުގެ ގޮތުގައި 35ރ. މަގުން އިތުރު 188.3 މިލިއަން ރުފިޔާ ހިއްސާގެ ފައިދާ ބަހާށެވެ.

ހޮޓެލް ޖެންގައި މިހާރު ކުރިޔަށްދާ ބޭންކުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ އަގުލަބިއްޔަތުން މި ހުށަހެޅުން ވަނީ ފާސްވެފަ އެވެ. މިހެންކަމުން މި އަހަރު ބީއެމްއެލްގެ ހިއްސާދާރުންނަށް ހިއްސާއަކަށް 48ރ. ލިބޭނެ އެވެ.

މިއީ މޫނުމަތީ އަގު 50ރ. ގައި ހުރި ބީއެމްއެލްގެ ހިއްސާއަކަށް މިހާ ބޮޑު ފައިދާއެއް ލިބުނު ފުރަތަމަ ފަހަރެވެ.

މިދިޔަ އަހަރަކީ ބޭންކަށް ރެކޯޑް އަދަދަކަށް ފައިދާވީ އަހަރަކެވެ. އެގޮތުން 3.8 ބިލިއަން ރުފިޔާގެ ވިޔަފާރިން 1.7 ބިލިއަން ރުފިޔާ ސާފު ފައިދާވި އެވެ. ބޭންކުގެ ފައިދާ ބޮޑުވީ ސަބަބުތަކުގެ ތެރޭގައި ބޭންކަށް ދައްކަން ޖެހޭ ބޮޑު ލޯނަކަށް ފައިސާ ލިބުން ހިމެނެ އެވެ.

ބޭންކް އޮފް މޯލްޑިވްސްގެ އެންމެ ބޮޑު ހިއްސާދާރަކީ ދިވެހި ސަރުކާރެވެ. ބާކީ ހިއްސާއަކީ ޕެންޝަން ފަންޑާއި އާންމު ހިއްސާދާރުންނެވެ.