Advertisement

ފޯ ސީޒަންސް އެޕްރެންޓިސްޝިޕްގެ 21 ވަނަ ބެޗުން 40 ދަރިވަރުން ގްރެޖުއޭޓު ވެއްޖެ

29 މޭ 2022 - 10:57 0

އަމަން ހަލީމް

އަމަން ހަލީމް

ފޯ ސީޒަންސް އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ 21 ވަނަ ބެޗުން ގްރެޖުއޭޓުވީ ދަރިވަރުން: މިއީ ޓޫރިޒަމް ދާއިރާގައި އެންމެ ދުވަސްވީ އަދި އެންމެ ކާމިޔާބު އެޕްރެންޓިސްޝިޕް ޕްރޮގްރާމް. -- ފޮޓޯ: ފޯ ސީޒަންސް


ފޯ ސީޒަންސް އެޕްރެންޓިސްޝިޕްގެ 21 ވަނަ ބެޗުން 40 ދަރިވަރުން ގްރެޖުއޭޓު ވެއްޖެ

29 މޭ 2022 - 10:57 0

ޓޫރިޒަމް ދާއިރާއަށް ޒުވާނުން ބިނާކުރަން ފޯ ސީޒަންސް ރިސޯޓުން ހިންގާ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ މި އަހަރުގެ ބެޗުގައި ބައިވެރިވި 40 ކުދިން ދަސްވެނިވިއްޖެ އެވެ.

ފޯ ސީޒަންސް ރިސޯޓުން 2001 ގައި ފެށި މި ޕްރޮގްރާމަކީ ޓޫރިޒަމް ދާއިރާގެ އެންމެ ގިނަ ދުވަސްވެފައިވާ އެޕްރެންޓިސްޝިޕް ޕްރޮގްރާމެވެ. އެ ޕްރޮގްރާމަށް މިވީ 21 އަހަރުގެ ތެރޭގައި ސީދާ ޓޫރިޒަމާ ގުޅުންހުރި އަށް ދާއިރާއަކުން 737 ޒުވާނުންނަށް ވަނީ ތަމްރީނު ދީފަ އެވެ.

މި އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ތެރެއިން ޒުވާނުން ތަމްރީނުކުރާ ދާއިރާތަކަކީ:

  • ފުޑް އެންޑް ބެވަރޭޖް ސާވިސް
  • ފުޑް އެންޑް ބެވަރޭޖް ޕްރިޕަރޭޝަން
  • ހައުސްކީޕިން އެންޑް ގެސްޓް ސާވިސަސް
  • ރީޓެއިލް
  • ފްރަންޓް އޮފީސް އެންޑް ރިކްރިއޭޝަން
  • ޕަޑީ ޑައިވް މާސްޓާ
  • ސޭފް މެރިޓައިމް ޓްރާންސްޕޯޓް
  • އިންޖިނިއަރިން އެންޑް ވޯޓާ ސްޕޯޓްސް އެޓެންޑެންޓް

ފޯ ސީޒަނުން ހާމަކޮށްފައިވާ ގޮތުގައި މި ޕްރޮގްރާމުން ދަސްވެނިފައިވާ ޒުވާނުންގެ ތެރެއިން ގިނަ ބަޔަކު މިހާރު ވެސް ހަރަކާތްތެރިވަނީ ޓޫރިޒަމް ދާއިރާގަ އެވެ. އޭގެ ތެރޭގައި ރާއްޖޭން ބޭރުގައި ވަޒީފާ އަދާކުރާ މީހުން ވެސް ހިމެނެ އެވެ.

ގްރެޖުއޭޝަން ހަފުލާގައި ފޯ ސީޒަންސް މޯލްޑިވްސް ރީޖަލަން ވައިސް ޕްރެޒިޑެންޑް އަރުމަންޑޯ ކްރީޒްލިން ވިދާޅުވީ މޮޅު މެހެމާންދާރީ ފެށެނީ ބިނާކޮށްގެން ކަމަށެވެ.

"ދިވެހި ޒުވާނުންގެ ގާބިލުކަން އިތުރުކޮށް ބާރުވެރިކުރުމަކީ އޭގެ ވަރަށް މުހިންމު ބަޔެއް." އޭނާ ވިދާޅުވި އެވެ.

މި ޕްރޮގްރާމް ޝަރަފުވެރިކޮށްދެއްވާ ދަސްވެނިންނާ ސެޓްފިކެޓް ހަވާލުކޮށްދެއްވީ ފަސްޓް ލޭޑީ ފަޒްނާ އަހުމަދު އެވެ.

ފަސްޓް ލޭޑީ ފަޒްނާ އަހުމަދު ގްރެޖުއޭޓުންނާ ސެޓިފިކެޓް ހަވާލުކޮށްދެއްވަނީ. -- ފޮޓޯ: ފޯ ސީޒަންސް މޯލްޑިވްސް


ފަޒްނާގެ ވާހަކައިގައި އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ބައިވެރިންނަށް ނަސޭހަތްތެރިވެވަޑައިގެންނެވީ މި ފުރުސަތުގެ ބޭނުން ރަނގަޅު ގޮތުގައި ހިފާ، އަނެއް ހަރުފަތަށް ދާން މަސައްކަތް ކުރުމަށެވެ. އަދި، މީހާގެ ކުރިއެރުމަށްޓަކައި އަބަދުވެސް ކަންކަން ދަސްކޮށް، އުނގެނުމުގައި ދެމިހުންނަން ބާރު އެޅުއްވި އެވެ.

އުމުރުން 17-20 އަހަރުގެ ޒުވާނުންނަށް ހިންގާ މި އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ 2023 ގެ ބެޗު ވެސް އޮތީ ތައްޔާރަށެވެ. އެ ބެޗުގައި 30 ރަށަކުން 65 ކުދިންނަށް ވަނީ ފުރުސަތު ދީފަ އެވެ. އަދި، އިންޖިނިއަރިން ކިޔަވާ ކުދިންނަށް އެޑްވާންސްޑް އިންޖިނިއަރިން މޮޑިއުލް ތައާރަފު ކުރެވޭނެ އެވެ.

ރިސޯޓު މާހައުލުގައި މަސައްކަތުގެ އަމަލީ ތަޖުރިބާއާ އެކީ ތަމްރީނުތައް ދޭގޮތަށް ހިންގާ ފޯ ސީޒަންސްގެ އެޕްރެންޓިސްޝިޕް ޕްރޮގާރަމަކީ އެޑިޔުކޭޝަނުން އެކްރެޑިޓު ކޮށްގެން ހިންގާ ތަމްރީނު ޕްރޮގްރާމެކެވެ. މިހެންވެ އެޕްރެންޓިސްޝިޕްގެ މުއްދަތުގެ ތެރޭގައި ރިސޯޓުގައި ތިބެގެން މަސައްކަތްތައް ދަސްކުރުމުގެ ފުރުސަތު ލިބެ އެވެ.

ޓޫރިޒަމުގައި އެންމެ ދުވަސްވީ ބައިނަލްއަގުވާމީ ބްރޭންޑުތަކުގެ ތެރޭގައި ހިމެނޭ ފޯ ސީޒަންސްއިން ރާއްޖޭގައި ތިން ރިސޯޓެއް ހިންގަ އެވެ. އެއީ އެންމެ ފުރަތަމަ ހުޅުވީ ފޯ ސީޒަންސް ކުޑަ ހުރާ އާއި ފޯ ސީޒަންސް ލަނޑާގިރާވަރުގެ އިތުރުން ފޯ ސީޒަންސް ޕްރައިވެޓް އައިލެންޑް އެޓް ވޯވަށް އެވެ.