Advertisement

ގްރޫޕްގެ އެއް ވަނަ ހޯދީ އެންމެ މޮޅު ޓީމު: މާޒިޔާގެ ކޯޗު ޖެސިކް

25 މޭ 2022 - 07:45 0

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މާޒިޔާގެ ކޯޗު ޖެސިކް ވާހަކަ ދައްކަނީ.


ގްރޫޕްގެ އެއް ވަނަ ހޯދީ އެންމެ މޮޅު ޓީމު: މާޒިޔާގެ ކޯޗު ޖެސިކް

25 މޭ 2022 - 07:45 0

އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ އަށް ހާއްސަ ގްރޫޕްގެ އެއް ވަަނަ ހޯދި އޭޓީކޭ މޯހަން ބަގާން އަކީ އެ ގްރޫޕްގައި ވެސް އޮތް އެންމެ މޮޅު ޓީމު ކަމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކޯޗު މިއޮޑްރަގް ޖެސިކް ބުނެފި އެވެ.

ގްރޫޕް ޑީގެ އެއް ވަނަ އަށް ދިޔަ އޭޓީކޭ މޯހަން ބަގާން އާއި ދެ ވަނަ އަށް ދިޔަ ބަޝުންދަރާ އަށް ލިބުނީ ހަ ޕޮއިންޓެވެ. އޭޓީކޭ އަށް ކުރި ލިބުނީ ހެޑް ޓު ހެޑް ގަވާއިދުންނެވެ. ތިން ވަނައިގައި ނިންމާލި މާޒިޔާ އާއި ފުލުގައި އޮތް ގޯކުލަމް ކެރަލާ އެފްސީ އަށް ވެސް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. މާޒިޔާ އަށް ކުރި ލިބުނީ ވެސް ހެޑް ޓު ހެޑް ގަވާއިދަށް ބަލައިގެންނެވެ.

އޭޓީކޭ މޯހަން ބަގާން އިން މި ވަނީ ޖެހިޖެހިގެން ދެ އަހަރު ދެކުނު އޭޝިއާ ގްރޫޕް ކާމިޔާބުކޮށްފަ އެވެ. މި ފަހަރު ވެސް ގްރޫޕް ޑީގެ އެއް ވަނަ ހޯދި އޭޓީކޭ މޯހަން ބަގާން އާއި ދެ ވަނަ އަށް ދިޔަ ބަޝުންދަރާ އަށް ލިބުނީ ހަ ޕޮއިންޓެވެ. އޭޓީކޭ އަށް ކުރި ލިބުނީ ހެޑް ޓު ހެޑް ގަވާއިދުންނެވެ. ތިން ވަނައިގައި ނިންމާލި މާޒިޔާ އާއި ފުލުގައި އޮތް ގޯކުލަމް އަށް ވެސް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. މާޒިޔާ އަށް ކުރި ލިބުނީ ވެސް ހެޑް ޓު ހެޑް ގަވާއިދަށް ބަލައިގެންނެވެ.

އޭޓީކޭ މޯހަން ބަގާން ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުން ގޯކުލަމް ކެރަލާ އަތުން 4-2 އިން ބަލިވިއިރު، ދެން ކުޅުނު ދެ މެޗުން ވަނީ ބަޝުންދަރާ އާއި މާޒިޔާ ބަލިކޮށްފަ އެވެ. ބަޝުންދަރާ އަތުން 4-0 އިން މޮޅުވިއިރު، މާޒިޔާ އަތުން ރޭ އޭޓީކޭ މޯހަން ބަގާން މޮޅުވީ 5-2 އިންނެވެ. މާޒިޔާ ފުރަތަމަ މެޗުގައި 1-0 އިން ބަޝުންދަރާ އަތުން ބަލިވިއިރު، ދެ ވަނަ މެޗުން ގޯކުލަމް ކެރަލާގެ މައްޗަށް 1-0 އިން ކުރިހޯދި އެވެ.

"ގްރޫޕްގެ އެއް ވަނަ ހޯދީ އެންމެ މޮޅު ޓީމު، މެޗުތަކަށް ބަލާއިރު ވެސް ފެނުނު އޭޓީކޭގެ ކޮލިޓީ. އެ މީހުން އެ ނިންމާލީ ހައްގު މަގާމެއްގައި، އެ ކަމަށް މަރުހަބާ ކިޔަން،" މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޖެސިކް ބުންޏެެވެ.

އިއްޔެ ހަވީރު، ކުޅުނު މެޗުން ގޯކުލަމް ކެރަލާ އަތުން 2-1 އިން ބަޝުންދަރާ މޮޅުވުމާ އެކު މާޒިޔާ ރޭގެ މެޗަށް ނުކުތުމުގެ ކުރިން ވެސް ވަނީ ކަޓައިފަ އެވެ. އެކަމަކު، އެ ފަދަ ހާލަތެއްގައި ވެސް މާޒިޔާ އިން ރޭގެ މެޗު ފަށައިގެން ރަނގަޅަށް ކުޅުނެވެ. ގޯލު ޖަހާނެ ފުރުސަތު ކުރިން ތަނަވަސްކުރީ ވެސް މާޒިޔާ އިންނެވެ. އެހެން ނަމަވެސް މާޒިޔާގެ ގޯލުގައި ހުރި ނޭޕާލްގެ ގައުމީ ޓީމުގެ ކީޕަރު ކިރަން ކުމާރް ލިމްބޫ ހެދި ގޯހަކުން އޭޓީކޭ މޯހަން ބަގާން ލީޑުނެގި ހިސާބުން މެޗުގެ އޮއެވަރު ބަދަލުވީ އޭޓީކޭ މޯހަން ބަގާން ބޭނުންވާ ގޮތަށެވެ.

"އަހަރެމެން އޮތް ހާލަތުން އެ ވަރުގެ ގޯހެއް ހެދީމަ، ދެން އަލުން ކުރިން އެ ކުޅެމުން އައި ގޮތަށް ކުޅެން ވަރަށް އުނދަގޫވާނެ. އެއީ ހަދައިގެން ވާނެ ވަރުގެ ގޯހެއް ނޫން، ފަހުން އަހަރެމެންގެ ޑިފެންސް ވެސް އޮތީ އެހާ އޮގަނައިޒްކޮށެއް ނޫން،" ޖެސިކް ބުންޏެވެ.

ޖެސިކް ބުނީ މާޒިޔާ ބަލިވި ދެ މެޗުގައި ވެސް ފަރަގަކީ ފަހަތުން ހެދުނު ގޯހެއް ކަމަށާއި މިއީ ކުރިއަށް އޮތްތަނުގައި ވިސްނަން ޖެހޭނެ ކަމެއް ކަމަށެވެ.

އޭޓީކޭ މޯހަން ބަގާންގެ ކޯޗު ފެރާންޑޯ (ވ) އެ ޓީމުގެ ތަންގްރީ އަށް ބުނެދެނީ.


މެޗު ކުޅެނީ ދަނޑުމަތީގައި، ނޫސްވެރިންގެ ބައްދަލުވުމުގައެއް ނޫން: ފެރާންޑޯ

މި ފަހަރުގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި އިންޑިއާގެ އައި ލީގުގެ ޗެމްޕިއަން، ގޯކުލަމް ކެރަލާ ވަނީ އޭޓީކޭ މޯހަން ބަގާން ބަލިކޮށްފަ އެވެ. އެ މެޗަށް ފަހު ގޯކުލަމް ކެރަލާގެ ކޯޗު، އިޓަލީގެ ވިންޗެންޒޯ އަލްބާޓޯ ވަނީ އޭޓީކޭ މޯހަން ބަގާން އަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. ވިންޗެންޒޯ ވަނީ އޭޓީކޭ މޯހަން ބަގާންއާ އައި ލީގުގެ ޓީމުތަކާ އެއް ފެންވަރެއް ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދައްކައިފަ އެވެ.

އޭޓީކޭ މޯހަން ބަގާންގެ ކޯޗު ޖުއާން ފެރާންޑޯ ވަނީ ރޭގެ މެޗަށް ފަހު ނުސީދާ ގޮތަކަށް ވިންޗެންޒޯ އަށް ބަހުގެ ހަމަލާތަކެއް ފޮނުވާލައިފަ އެވެ.

"ޓީމަކަށް ލިބޭނެ އެންމެ ބޮޑު އެއް ކާމިޔާބަކީ އިދިކޮޅު ޓީމުތަކުގެ އިހުތިރާމް ލިބުން. އެކަން އަހަރެމެންނަށް ހާސިލްވޭ، އަހަރެމެން މި ތިބީ އެންމެ ބޭނުންވާ މަންޒިލުގައި، އެކަަމަކު، ހިތާމަ ހުރި ކަމަކީ ބައެއް މީހުން، ކްލަބްތަކެއް ނޫން، މީހުން، އެބަހުރި އަހަރެމެންނާ ބެހޭގޮތުން ވަރަށް ދަށްކޮށް ވާހަކަ ދައްކާފައި. އަހަރެން އެ މީހުންނަށް ބުނެލަން އޮތީ މެޗު ކުޅެނީ ދަނޑުމަތީގައޭ، އެއީ ނޫސްވެރިންގެ ބައްދަލުވުމުގައި ކުރާ ކަމެއް ނޫނޭ،" ފެރާންޑޯ ބުންޏެވެ.

އޭޓީކޭ މޯހަން ބަގާން އަކީ ބޮޑު ތާރީހެއް އޮތް ގިނަ ބަޔެއްގެ އިހުތިރާމް ލިބިފައިވާ ޓީމެއްގެ ގޮތުގައި ދެމި އޮންނަ އެންމެ ބޮޑު ސަބަބަކީ އެ ޓީމުގެ ސަޕޯޓަރުން ކަމަށް ފެރާންޑޯ ވަނީ ބުނެފަ އެވެ. އަދި ފުރަތަމަ މެޗުން ބަލިވި ނަމަވެސް ދެން ކުޅުނު ދެ މެޗުގައި އޭޓީކޭ މޯހަން ބަގާން އަށް ސަޕޯޓްދޭން އައި ސަޕޯޓަރުންނަށް ފެރާންޑޯ ވަނީ ޝުކުރު އަދާކޮށްފަ އެވެ.