Advertisement

އައިލެންޑް އޭވިއޭޝަނަށް މުވައްޒަފުން ހޯދަން "ވޯކް-އިން" އިންޓަވިއުތަކެއް ބާއްވަނީ

24 މޭ 2022 - 12:47 0

އަމަން ހަލީމް

އަމަން ހަލީމް

މޯލްޑިވިއަންގެ ފްލައިޓެއް: މޯލްޑިވިއަނުން ދަނީ އޮޕަރޭޝަންތައް ފުޅާކުރަން ގިނަ މަސައްކަތްތަކެއް ކުރަމުން. -- ފޮޓޯ: އަދަދު ފައިލް


އައިލެންޑް އޭވިއޭޝަނަށް މުވައްޒަފުން ހޯދަން "ވޯކް-އިން" އިންޓަވިއުތަކެއް ބާއްވަނީ

24 މޭ 2022 - 12:47 0

ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުގެ ވަޒީފާތަކަށް މުވައްޒަފުން ހޯދަން "ވޯކް-އިން" އިންޓަވިއުތަކެއް މިއަދު ފަށައިފި އެވެ.

އައިލެންޑް އޭވިއޭޝަނުން ފެށި މި އިންޓަވިއުތަކުގެ ދަށުން އެންމެ ފުރަތަމަ އިންޓަވިއުތައް ކުރިޔަށް ދަނީ ފުވައްމުލައް ސިޓީގަ އެވެ. އެއީ، ފުވައްމުލަކުގައި އައިލެންޑް އޭވިއޭޝަނުން ހުޅުވާ ކޯލް ސެންޓަރުގައި ރިޒަވޭޝަންސް އެންޑް ޓިކެޓިން އޭޖެންޓެއްގެ ވަޒީފާތަކެވެ.

މިކަމާ ގުޅޭގޮތުން އައިލެންޑް އޭވިއޭޝަންގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ އޮފިޝަލަކު ވިދާޅުވީ މިގޮތަށް އިންޓަވިއުތައް ކުރިޔަށް ގެންދަނީ ވަޒީފާއަށް ޝައުގުވެރިކަން ހުރި ވީހާ ވެސް ގިނަ ކުދިންނަށް ފުރުސަތު ދިނުމަށާއި ކުރިން ކުރެވުނު ތަޖުރިބާ ރަނގަޅުވުމުން ކަމަށެވެ.

"ކުރިން ވެސް މިގޮތަށް ބޭއްވި އިންޓަވިއުތަކަށް ބޮޑު ތަރުހީބެއް ލިބުނު. ބޭނުންވަނީ ގިނަ ކުދިންތަކަކަަށް ވަޒީފާގެ ފުރުސަތު ދޭން،" އޮފިޝަލް ވިދާޅުވި އެވެ.

މި އިންޓަވިއުތަކަށް ފަހު ދެން އޮންނާނީ މޯލްޑިވިއަނަށް ބޭނުންވާ ކެބިން ކްރޫއިން ހޯޯދަން މާލޭގައި ކުރިޔަށް ގެންދާ "ވޯކް-އިން" އިންޓަވިއުތަކެކެވެ.

އެސްޓީއޯ ޓްރެއިނިން އިންސްޓިޓިއުޓްގައި އޮންނަ މި އިންޓަވިއުތަކުގައި ރަޖިސްޓްރީ ވާން ވަރަށް އަވަހަށް ހުޅުވާލާނަ އެވެ. އިންޓަވިއުތައް ކުރިޔަށް ދާނީ އަންނަ ހޮނިހިރު އަދި އާދިއްތަ، މި ދެ ދުވަހު އެވެ.

އައިލެންޑް އޭވިއޭޝަނަށް އާ މުވައްޒަފުން ހޯދަމުން ދަނީ އެ ކުންފުނީގެ އޮޕަރޭޝަންތައް ފުޅާކުރާތީ އެވެ.

ހާއްސަކޮށް ވައިގެ ދަތުރުފަތުރުގެ ސެކްޓާ ފުޅާކުރަން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އޭގެ ތެރޭގައި އާ ފްލައިޓުތައް ގެނެސްގެން އެތެރޭގެ އުދުހުންތައް ވަރުގަދަ ކުރުމުގެ އިތުރުން ބޭރުގެ މަންޒިލްތަކަށް ދަތުރުތައް ފުޅާކުރުން ވެސް ހިމެނެ އެވެ.