Advertisement

ކުޑަކުދިންގެ ހިިޔާތަކަށް ދިރާގުގެ ގިނަ ހިދުމަތަކެއް ހިލޭ

22 މޭ 2022 - 14:12 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ދިރާގާއި ޖެންޑާ މިނިސްޓްރީން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން-- ފޮޓޯ: ދިރާގު


ކުޑަކުދިންގެ ހިިޔާތަކަށް ދިރާގުގެ ގިނަ ހިދުމަތަކެއް ހިލޭ

22 މޭ 2022 - 14:12 0

ޖެންޑާ މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ކުޑަކުދިންގެ ހިޔާތަކަށް ދިރާގުގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދީފި އެވެ.

ދިރާގުން ދޭން ނިންމާފައި ވަނީ ދިރާގު ޓީވީގެ ހިދުމަތާއި ދިރާގުގެ ފައިބާ ބްރޯޑްބޭންޑުގެ ހިދުމަތެވެ. އެ ހިދުމަތްތައް ދެނީ "އަމާން ވެށި" އަދި "އަމާން ހިޔާ" މަރުކަޒުތަކަށެވެ.

އެ ހިދުމަތްތައް ހިޔާތަކަށް ހަދިޔާ ކޮށްފައި ވަނީ ކުޑަކުދިންގެ ދުވަހާ ގުޅިގެންނެވެ.

މިދިޔަ ހޯމަ ދުވަހު ޖެންޑާ މިނިސްޓްރީގައި ބޭއްވި ބައްދަލުވުމެއްގައި ދިރާގުގެ ސީއީއޯ އިސްމާއީލް ރަޝީދު ވިދާޅުވީ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން އެހީތެރިކަން ފޯރުކޮށްދިނުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"މިކަމުން ހުރިހާ ކުދިން ޝާމިލުކޮށް ކިޔަވައިދިނުމަށް ބާރުއަޅައިދޭނެ. އަދި ޓެކްނޮލޮޖީއަށް ކުދިން އަހުލުވެރިވެ، އޮންލައިންކޮށް ލިބެން ހުރި ވަސީލަތްތަކަށް ވާސިލުވެވޭނެ މަގު ތަނަވަސްވާނެ،" އޭނާ ވިދާޅުވި އެވެ.

ދިރާގުން ވަނީ ހަ މަރުކަޒަކަށް ފައިބާ ބްރޯޑްބޭންޑާއި ދިރާގު ޓީވީގެ ހިދުމަތް ފަށާފަ އެވެ. އެއީ

  • ބ. އޭދަފުށި
  • ށ. ފުނަދޫ
  • ޏ. ފުވައްމުލައް
  • ހއ. ދިއްދޫ
  • ދ. ކުޑަހުވަދޫ
  • ލ. ފޮނަދޫ

ޖެންޑާއިން މިހާރު ގާއިމުކުރުމަށް ނިންމާފައިވާ ރަށްތަކުގެ މަރުކަޒުތަކަށްވެސް ވަނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފަ އެވެ.

  • ނ. މަނަދޫ
  • ހދ. ކުޅުދުއްފުށި
  • މ. މުލައް
  • ޅ. ނައިފަރު
  • ސ. ހިތަދޫ

މީގެ އިތުރުން 11 މަރުކަޒުގެ ކޮމްޕިއުޓަރު ލެބަށް ދިރާގުގެ އިންޓަނެޓުގެ ހިދުމަތް ހިލޭ ލިބޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސާފަ އެވެ.