Advertisement

ލަންކާއަށް އެހީ ހޯދާ މަންދޫބަކަށް ނަޝީދު ހަމަޖެއްސުމުން ރައީސްގެ މަރުހަބާ، އަބަދުވެސް އެހީ ލިބޭނެ

19 މޭ 2022 - 21:56 0

އަމަން ހަލީމް

އަމަން ހަލީމް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ: ރައީސް ވިދާޅުވީ ލަންކާއަށް އަބަދުވެސް ދިވެހިންގެ އެހީ ލިބޭނެ ކަމަށް. -- ފޮޓޯ: ރައީސް އޮފީސް


ލަންކާއަށް އެހީ ހޯދާ މަންދޫބަކަށް ނަޝީދު ހަމަޖެއްސުމުން ރައީސްގެ މަރުހަބާ، އަބަދުވެސް އެހީ ލިބޭނެ

19 މޭ 2022 - 21:56 0

އިގުތިސޯދީ ކާރިސާއެއްގެ ތެރޭގައި އޮތް އަވައްޓެރި ލަންކާއަށް އެހީ ހޯދާ މަންދޫބަކަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ހަމަޖެއްސުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެމަނިކުފާނަށް މިރޭޑ މަރުހަބާ ވިދާޅުވެއްޖެ އެވެ.

ބައިނަލްއަގުވާމީ ޖަމިއްޔާތަކާއި ދޭދޭ ގައުމުތަކުން އެހީ ހޯދަން އެހީތެރިވާ މަންދޫބަކަށް ނަޝީދު ހަމަޖެއްސީ، އިހަށް ދުވަހު އެ ގައުމުގެ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގެންނެވި ރަނިލް ވިކްރަމަސިންހަ އެވެ. އެއީ ނަޝީދުގެ ހުށަހެޅުއްވުމަކަށް ރަނިލް އިޖާބަދެއްވާ ހަވާލުކުރެއްވި މަސައްކަތެކެވެ.

ރަނިލްގެ ނިންމުމަށް މަރުހަބާ ވިދާޅުވަމުން ކުރެއްވި ޓްވީޓުގައި، ކުރިޔަށް އޮތް ތަނުގައި ވެސް ލަންކާއަށް ދިވެހިންގެ އެހީ ލިބޭނެ ކަމުގެ ޔަގީންކަން ވެސް ރައީސް ސޯލިހު ދެއްވި އެވެ. އެމަނިކުފާނު ވިދާޅުވީ، ރާއްޖެ އަބަދުވެސް އޮންނާނީ ލަންކާއާ އެކީގައި ކަމަށާއި މި އުނދަގޫ ވަގުތުން އަރައިގަންނަން ވެދެވެން އޮތް ގޮތަކުން އެހީތެރިވެދޭނެ ކަމަށެވެ.

ބޭރުގެ އެހީ ހޯދުމުގެ މަސައްކަތް ނަޝީދާ ހަވާލުކުރުމުން ލަންކާގެ ރައްޔިތުންގެ ހިޔާލު އެކަމުގައި ދެކަފިވެފައި ވިޔަސް ރަނިލް ހިމެނިވަޑައިގަންނަވާ ގޮތަށް ލަންކާ ސަރުކާރުގެ އިސްބޭފުޅުންނާއި ބައެއް ސިޔާސީ ވެރިން އެމަނިކުފާނަށް ޝުކުރު އަދާކުރެއްވި އެވެ.