Advertisement

ޓޫރިޒަމަށް މާލެ އަތޮޅު ހިއްކާތީ ކަންބޮޑުވުން، މިނިސްޓަރު ވިދާޅުވީ ހައްލަކީ ފްލޯޓިން ސިޓީކަމަށް

16 މޭ 2022 - 10:25 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

މިއަދުގެ ޖަލްސާގައި މިނިސްޓަރު މައުސޫމް މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ-- ފޮޓޯ: މަޖިލިސް


ޓޫރިޒަމަށް މާލެ އަތޮޅު ހިއްކާތީ ކަންބޮޑުވުން، މިނިސްޓަރު ވިދާޅުވީ ހައްލަކީ ފްލޯޓިން ސިޓީކަމަށް

16 މޭ 2022 - 10:25 0

ޓޫރިޒަމަށް ފަޅުތައް ހިއްކައިގެން ތިމާވެށީގެ ގޮތުން ލިބޭ ގެއްލުމަށް އޮތް ހައްލަކީ ފްލޯޓިން ސިޓީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި އެތައް ސަތޭކަ ރަށެއް އޮތް އިރު ވެސް، ރިސޯޓު ހަދަން މާލެ އަތޮޅުގެ ފަޅުތަކާއި ފަރުތަކާއި ފިނޮޅުތައް ހިއްކާތީ އެ ކަމުގެ ކަންބޮޑުވުން ފާޅުކުރެއްވީ، މެންބަރުން ސުވާލުކުރަން ހުޅުވާލި ފުރުސަތުގައި ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމެވެ.

"ދަތުރުފަތުރު ކުރާއިރު ވެސް މިހާރު ހަމަ ހިއްކާލާ ކޮންމެ ރަށެއް ކައިރީ ވަރަށް [ކަނޑު] ގަދަވޭ، ކިތަންމެ މަޑު ދުވަހެއް ވިޔަސް ދަތުރު ކުރަން ވެސް ވަރަށް އުނދަގޫ،" ނަސީމް ވިދާޅުވި އެވެ.

ނަސީމް ވަނީ މާލެ އަތޮޅު ހިއްކުމަށް ނިމުމެއް ގެނައުމަށް ގަސްދު ކުރަންތޯ ސުވާލު ކުރައްވައިފަ އެވެ.

މި ކަންބޮޑުވުމާ ގުޅިގެން މިނިސްޓަރު ނަސީމް ވިދާޅުވީ ޓޫރިޒަމާއި ތިމާވެއްޓަކީ ވަކި ނުކުރެވޭނެ ދެ އެއްޗެއް ކަމަށާއި މިހާރުގެ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ރަށްރަށް ހިއްކަން ލާޒިމް ނުކުރާ ކަމަށެވެ.

"އިއްޒަތްތެރި ރައީސް، ރައީސް [ނަޝީދު]ގެ ހާއްސަ އަހައްމިއްޔަތު ކަމެއް ދީގެން ކުރިއަށް ގެންދަވާ މޯލްޑިވްސް ފްލޯޓިން ސިޓީ ޕްރޮޖެކްޓަކީ އޭގެ ނަމޫނާއެއް، ކޮންމެހެން ނުހިއްކާ ވެސް މިއަދު ރިސޯޓު ތަރައްގީ ކުރެވިދާނެ،" މައުސޫމް ވިދާޅުވި އެވެ.

މައުސޫމް އިތުރަށް ވިދާޅުވީ މި ކަންކަމަށް ސަމާލުކަން ދީގެން، ރާއްޖޭގެ ޓޫރިޒަމް އިތުރަށް ފުޅާ ކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

ފްލޯޓިން ސިޓީގެ މަޝްރޫއުގައި އެންމެ ފުރަތަމަ ސޮއިކުރީ ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައި 2010 ގަ އެވެ. އޭރު ފްލޯޓިން ރަށްތަކަކާއި ގޯލްފްކޯހެއް ހަދަން ޑަޗް ޑޮކްލެންޑްސް ކުންފުންޏާ ހަވާލުކުރި އެވެ. ނަމަވެސް، އެ ޕްރޮޖެކްޓު ވުޖޫދަކަށް ނާދެ އެވެ.

އޭގެ ފަހުން އަނެއްކާވެސް ހަމަ އެ ކުންފުންޏާ އެކީ ޖޮއިންޓް ވެންޗާއެއް ހަދައިގެން ފްލޯޓިން ރަށްތަކެއް ހަދަން މި ސަރުކާރުން ސޮއިކުރީ މިދިޔަ އަހަރުގެ މާޗުގަ އެވެ.