Advertisement

ސަފާތު ބަލި ގަބޫލުކޮށް، ރޮޒައިނާއަށް މަރުހަބާ ކިޔައިފި

15 މޭ 2022 - 16:29 1

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

އަންހެނުންގެ ރޫހުގެ ރައީސްކަމަށް ވާދަކުރެއްވި ސަފާތު އަހުމަދު ޒާހިރު: ސަފާތު ވަނީ ބަލި ގަބޫލުކުރައްވާފައި-- ފޮޓޯ: ސަފާތު ކެމްޕެއިން ޓީމް


ސަފާތު ބަލި ގަބޫލުކޮށް، ރޮޒައިނާއަށް މަރުހަބާ ކިޔައިފި

15 މޭ 2022 - 16:29 1

އިއްޔެ ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އެ ޕާޓީގެ އަންހެނުންގެ ރޫހުގެ ރައީސްކަމަށް ވާދަކުރެއްވި އިންތިހާބު ކާމިޔާބު ކުރެއްވި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމަށް ، އޭނާއާ ވާދަކޮށް ނާކާމިޔާބުވި ސަފާތު އަހުމަދު ޒާހިރު މަރުހަބާ ވިދާޅުވެއްޖެ އެވެ.

މި އިންތިހާބުގައި ރޮޒައިނާ 55 ޕަސެންޓު ވޯޓު ހޯއްދެވިއިރު، ސަފާތަށް ލިބިވަޑައިގެންނެވީ 44 ޕަސެންޓު ވޯޓެވެ.

"އުންމީދު ކުރި ފަދަ ނަތީޖާއެއް ނުނެރުވުނަމަަވެސް، ގުޅިގެން ހާސިލް ކުރެވުނު ކަންކަމާމެދު ފަހުރުވެރިކަން،" ބަލި ގަބޫލުކުރައްވައި ، ރޮޒައިނާއަށް މަރުހަބާ ވިދާޅުވުވާން ސަފާތު ކުރެއްވި ޓްވީޓުގައި ވިދާޅުވި އެވެ.

އަބަދުވެސް އަންހެނުން ބާރުވެރި ކުރުން މަތީ ދެމި ހުންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސަފާތު ބަލި ގަބޫލުކުރެއްވި ނަމަވެސް، އޭނާއާއެކު އެއް ޓީމެއްގެ ގޮތުގައި ޗެއާޕާސަން ކަމަށް ވާދަކުރެއްވި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ މި އިންތިހާބުގެ ނަތީޖާއާ މެދު މީޑިއާ އަދި ވާހަކައެއް ނުދައްކަވަ އެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން، އިމްތިޔާޒުގެ މައްޗަށް ފައްޔާޒު ކުރި ހޯއްދެވީ 7،000 އަށް ވުރެ ގިނަ ވޯޓުގެ ތަފާތަކުންނެވެ.

ޖުމްލަ 94،211 މީހުންނަށް ވޯޓުލުމުގެ ހައްގު މި އޮތް އިންތިހާބުގައި މާލޭގައި 87 ވޯޓު ފޮށި ބެހެއްޓިއިރު, 194 ރަށެއްގައި ވޯޓު ފޮށި ބަހައްޓާފައިވެ އެވެ. އެއީ ޖުމްލަ ޖުމްލަ 281 ވޯޓު ފޮއްޓެވެ.

އިންތިހާބު ބޯމަތިވެގެން އައިއިރު, އެމްޑީޕީގެ ދެ ފެކްޝަން ވަރަށް ބޮޑަށް ފާޅުވެގެން ދިޔައިރު, ސިޔާސަތާއި ފަލްސަފީ ގިނަ ހިޔާލު ތަފާތުވުންތަކެއް އެ ދެ ފެކްޝަންގެ ތެރޭން ފެނިގެން ދިޔަ އެވެ. ފައްޔާޒުގެ ޓީމުން "އެމްޑީޕީ ހިންގާލަން" ނަމުގައި ކެމްޕެއިން ކުރިއަށް ގެންދިޔައިރު އެންމެ ބޮޑު އަމާޒަކަށް އޮތީ ރައީސް ސޯލިހަށް 2023 ޔަގީން ކުރުމެވެ.