Advertisement

ްވޯޓެއްގެ ފަރަގުން ވިލިމާލެ އަންހެނުންގެ ގޮނޑި ޕީޕީއެމަށް

ޕީޕީއެމްގެ ކެންޑިޑޭޓް ފާތިމަތު ނާޒިމާ, ރައީސް ޔާމީނާއެކު ކެމްޕެއިންގައި --


ްވޯޓެއްގެ ފަރަގުން ވިލިމާލެ އަންހެނުންގެ ގޮނޑި ޕީޕީއެމަށް

ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް މެމްބަރަކު ހޮވުމަށް ބޭއްވި ބައި- އިލެކްޝަން ވޯޓެއްގެ ހަނި ފަރަގަކުން ޕީޕީއެމުން ކާމިޔާބުކޮށްފި އެވެ.

ޕީޕީއެމްގެ ޓިކެޓުގައި އެ ގޮނޑިއަށް ވާދަކުރި ފާތިމަތު ނާޒިމާއަށް ލިބުނީ 359 ވޯޓެވެ. އެމްއެންޕީގެ ފަރާތުން ވާދަކުރި އާމިނަތު ޝީޒާއަށް ލިބުނީ 358 ވޯޓު އެވެ.

މިއަދު ހެނދުނު 8:00 އިން ފެށިގެން 16:00 އަށް ކުރިއަށް ދިޔަ މި އިންތިހާބުގައި ޖުމްލަ 729 މީހަކު ބައިވެރިވި އެވެ. އޭގެ ތެރޭގައި ހިމެނެނީ 320 އަނެހެނުންނާއި 409 ފިރިހެނުންނެވެ.

މި އިންތިހާބު ބޭއްވީ ހުޅުމާލޭގައި ހިނގައިދިޔަ ނުރައްކާތެރި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއްވެ، މާލެ ސިޓީ ކައުންސިލްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގައި ވިލިމާލެ ދާއިރާ ތަމްސީލު ކުރައްވަމުން ގެންދެވި މެމްބަރު، އައިމިނަތު އީމާން ނިޔާވުމާ ގުޅިގެންނެވެ.

ދާދިފަހުން އުފެއްދި އެމްއެންޕީއާ ވާދަކޮށް، އެއް ވޯޓުގެ ތަފާތުން މޮޅުވުމަކީވެސް ޕީޕީއެމްއަށް ލިބުނު ބޮޑު ކާމިޔާބެއް ކަމަށް އެޕާޓީއިން ދެކެ އެވެ.