Advertisement

ރާއްޖޭގެ ދިދަ ނަގާފައިވާ އެންމެ ބޮޑު ބޯޓަކަށް އެމްއެސްއެސް ކްރޯމް

5 މޭ 2022 - 11:06 2

އެމްއެސްއެސް ކްރޯމްގައި ދިވެހި ދިދަ ނަގަނީ. މިއީ ރާއްޖޭގެ ޝިޕިން ލައިނަކުން މިހާތަނަށް ގެންނާނެ އެންމެ ބޮޑު ބޯޓު ---


ރާއްޖޭގެ ދިދަ ނަގާފައިވާ އެންމެ ބޮޑު ބޯޓަކަށް އެމްއެސްއެސް ކްރޯމް

5 މޭ 2022 - 11:06 2

މޯލްޑިވްސް ސްޓޭޓް ޝިޕިން އިން ގެންނަ އާ ބޯޓަށް "އެމްވީ އެމްއެސްއެސް ކްރޯމް" ގެ ނަމުން ނަން ދީފި އެވެ.

މިއީ ރާއްޖޭގެ ތާރީހުގައި ވެސް ޝިޕިން ލައިނަކުން ގެންނަ އެންމެ ބޮޑު ބޯޓު ކަމަށްވާއިރު މިއަދު އެމްއެސްއެސް އިން ވަނީ އެ ބޯޓުގައި ދިވެހި ދިދަ ނަގާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުކޮށްފަ އެވެ.

އެމްއެސްއެސް ކްރޯމް ގަތުމާ ހަމައަށް ގައުމީ ޝިޕިން ލައިނުން އަމިއްލަ ބޯޓެއްގެ ގޮތުގައި ދުއްވަމުން ދިޔައީ މިދިޔަ ނޮވެމްބަރު މަހު ހިދުމަތަށް ނެރުނު "އެމްއެސްއެސް ގަލޭނާ" އެވެ.

އަލަށް ގެންނަ ބޯޓަކީ 48،000 ޓަނުގެ ބަލްކް ކެރިއަރެކެވެ. މި ބޯޓު ދަތުރުކުރާނީ އޮމާންގެ އެންމެ ބޮޑު ބަނދަރު ކަމަށްވާ ޝަލާލާ ޕޯޓާއި ޔޫއޭއީގެ ފުޖައިރާ ޕޯޓާ ދެމެދު އެވެ.

އެމްއެސްއެސް ކްރޯމް. މިއީ އެ ކުންފުނިން ގެންނަ ދެވަނަ ބޯޓު --- ފޮޓޯ: މޯލްޑިވްސް މެރިޓައިމް ޖާނަލް


މި ބަލްކް ކެރިިއަރާއެކު ރާއްޖެއަށް މުދާ އެތެރެކުުރުމުގެ ކަންކަން އެއްވަރެއްގައި ހިފިހެއްޓޭނެ ކަމަށާއި ވަކިން ހާއްސަކޮށް އިމާރާތްކުރުމުގެ ދާއިރާއަށް ބޭނުންވާ ތަކެތި ގެނައުމަށް ފަސޭހަ ވެގެންދާނެ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު "އަދަދު" އަށް މީގެކުރިން ވިދާޅުވެފައިވެ އެވެ.

އެމްއެސްއެސްއަށް ގެނައި ފުރަތަމަ ބޯޓާއެކު ވެސް ރާއްޖެއަށް މުދާ އެތެރެކުރާ އަގުތައް ހެޔޮވި އެވެ. އަދު، ކުރިން ތަފާތު ނަންނަމުގައި ނަގަމުންދިޔަ ފީތައް ވެސް އެހެން ކުންފުނިތަކުން ނެގުން ހުއްޓާލި އެވެ.

އެމްއެސްއެސްއަކީ އަހަރުތަކެއް ވަންދެން ވަޅުޖެހިފައި އޮތް ބޯޓު ދަތުރުކުރުމުގެ ސިނާއަތް އަލުން ދިރުވަން އަމާޒުހިފައިގެން ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯއިން އުފެއްދި ކުންފުންޏެކެވެ. މި ކުންފުނީގެ 99.9 ޕަސެންޓު ހިއްސާ އޮންނަނީ އެސްޓީއޯގެ އެވެ. ބާކީ 0.1 ޕަސެންޓު ހިއްސާ އޮންނަނީ އެސްޓީއޯގެ ސަބްސިޑަރީ ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް) ގެ އެވެ.