Advertisement

ފުލުހުންގެ އެދުމަށް ބައިބަލާ މުބާރާތް ފެށުން ފަސްކޮށްފި

3 މޭ 2022 - 13:11 0

2019 ވަނަ އަހަރު ބޭއްވި ބައިބަލާ މުބާރާތުގެ މެޗެއްގެ ތެެރެއިން.


ފުލުހުންގެ އެދުމަށް ބައިބަލާ މުބާރާތް ފެށުން ފަސްކޮށްފި

3 މޭ 2022 - 13:11 0

ތިން އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު ބާއްވަން ތާވަލުކުރި މި ފަހަރުގެ "އެމްޓީސީސީ ބައިބަލާ ޗެލެންޖް 2022" ފެށުން ފަސްކޮށްފި އެވެ.

ފިތުރު އީދާ ދިމާކޮށް ބާއްވާ ބައިބަލާ މުބާރާތް މެދުކެނޑުނީ ކޮވިޑާ ހެދި މި އައި ބްރޭކުގެ ސަބަބުންނެވެ. މި ފަަހަރުގެ މުބާރާތް މާދަމާރޭ ފަށަން ހުރިހާ ކަމެއް ނިމިފައި ވަނިކޮށް ކުއްލިއަކަށް ފަސްކުރަން ނިންމި ސަބަބެއް ރަސްމީކޮށް އަދި ހާމަކޮށްފައެއް ނުވެ އެވެ.

މައުލޫމާތު ލިބޭ ގޮތުގައި ބައިބަލާ މުބާރާތުގެ ފެށުން ފަސްކުރަން ނިންމީ ބައިބަލާ އެސޯސިއޭޝަނާ އެކު ފުލުހުން ބޭއްވި ބައްދަލުވުމަކަށް ފަހު މި ވަގުތަށް ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ފަހު މުބާރާތް ފެށުމުގެ ގޮތުންނެވެ. ފުލުހުން އެކަމަށް އެދުނީ މާލެ ސިޓީގައި ހިނގި މާރާމާރީތަކާ ގުޅިގެން ކަމަށް ވެސް އެނގިފައިވެ އެވެ.

ހެންވޭރު ދޮންގަނޑު ބީޗްވޮލީ ކޯޓުގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައިބަލާ މުބާރާތުގައި މި އަހަރު ޖުމްލަ 34 ޓީމު ވާދަކުރާނެ އެވެ. މުބާރާތުގެ ގުރުއަތުލުން ބާއްވާފައިވާއިރު، ފުރަތަމަ މެޗުގައި ވާދަކުރާނީ އެލްޓީ ސްޕޯޓްސް އާއި ޓީނޭޖް ވެޓެރަންސް އެވެ.

މުބާރާތުގެ ފެށުން ފަސްކުރި ވާދަކުރާ ޓީމުތަކުން ދަނީ ފޯރީގައި ފަރިތަކުރަމުންނެވެ. މާލެ އާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ބައިބަލާ ރިންގުތައް އަޅައި ޓީމުތަކުން ޕްރެކްޓިސް ކުރާތާ ދެ ހަފްތާއެއްހާ ދުވަސް ވެއްޖެ އެވެ.

އެންމެ ފަހުން 2019 ވަނަ އަހަރު ބޭއްވި ބައިބަލާ މުބާރާތުގެ ޗެމްޕިއަންއަކީ ކުޑަ ހެންވޭރު ޔުނައިޓެޑްއެވެ.