Advertisement

މާލޭގައި މިއަދު ދެ މާރާމާރީއެއް ހިނގައި ބަޔަކު ޒަހަމްކޮށްލައިފި

Advertisement

މާލޭގެ މަގެއްގައި ފުލުހުން ހަރަކާތްތެރިވަނީ - ފޮޓޯ: ހުސައިން ޝަޔާހް | އަދަދު


މާލޭގައި މިއަދު ދެ މާރާމާރީއެއް ހިނގައި ބަޔަކު ޒަހަމްކޮށްލައިފި

Advertisement

Advertisement

މާލޭގައި މިއަދު ފަތިހު މާރާމާރީއެއް އަދި ހެނދުނުގެ ވަގުތެއްގައި މާރާމާރީއެއް ހިނގައި ބަޔަކު ޒަހަމްކޮށްލައިފި އެވެ.

ފަތިހު މާރާމާރީއެއް ހިނގީ މާވެޔޮ މަގު މިސްކިތް ކައިރީގަ އެވެ.

Advertisement

ފުލުހުން ބުނީ، އެ މާރާމާރީގައި 23 އަހަރުގެ ދެ ފިރިހެނުންނަށް އަނިޔާވެ، އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާ ކަމަށެވެ. ދެ މީހުންނަކީ ވެސް ދިވެހިންނެވެ.

ހެނދުނު މާރާމާރީއެއް ހިނގީ ޖަނަވަރީ މަގާއި މަޖީދީ މަގު ގުޅޭ ސަރަހައްދުގަ އެވެ. މައުލޫމާތު ލިބޭ ގޮތުގައި، ހެންވޭރުގައި ހިނގި މާރާމާރީގައި ވެސް ދެ މީހަކު ވަނީ ޒަހަމްކޮށްލައިފަ އެވެ. ފުލުހުން ބުނީ އެ މާރާމާރީގައި އަނިޔާވި ދިވެހި ފިރިހެނަކަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމަށެވެ.

މި ދެ މާރާމާރީއާ ގުޅިގެން ވެސް އަދި މީހަކު ހައްޔަރު ކޮށްފައެއް ނުވެ އެވެ.