about 23 hours 0
މާޒް ސަލީމް: އޭނާގެ މައްސަލަ ފުލުސް އޮފީހަށް ހުށަހެޅީ އޮމްބަޑްސްޕާސަންގެ އޮފީހުން -- ފޮޓޯ: އަދަދު ފައިލް
about 23 hours 0
ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުގެ ދަރިކަލުން އުމެއިރު މުހައްމަދުގެ ވާހަކަ ދެއްކި ކަމަށް ބުނެ އިދިކޮޅު އެމްޑީޕީގެ އަހުމަދު ސަލީމް (މާޒް ސަލީމް) ގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަން ފަށައިފި އެވެ.
ރައީސްގެ ދަރިކަލުން އުމައިރުގެ ވާހަކަ މިފަހުން އެމްޑީޕީގެ ބައެއް މެންބަރުން ދެއްކީ، ދިވެހިރާއްޖޭގައި ވޭޕް ބޭނުން ކުރުން މަނާ ކުރީ އުމެއިރު ވޭޕް ކުރައްވާތީ ކަމަށް ބުނެ އެވެ. މައިގަނޑު ގޮތެއްގައި އެ ވާހަކަތަކުގައި ފާޑުކިޔާފައި ވަނީ ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދަށެވެ.
ފުލުސް އޮފީހަށް ހާޒިރުވާން އަންގައި މާޒް ސަލީމަށް ފުލުހުން މިއަދު ފޮނުވި ޗިޓެއްގައި ބުނީ ކުޑަކުއްޖެެއްގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް ވާހަކަ ދެއްކި ކަމަށް ބުނެ އޭނާއާ ދެކޮޅަށް މައްސަލައެއް ހުށަހެޅީ އޮމްބަޑްސްޕާސަންގެ އޮފީހުން ކަމަށެވެ.
ވޭޕްގެ މައްސަލަ އާއި ރައީސްގެ އަނބިކަނބަލުންނާ ގުޅުވައި އެންމެ ފުރަތަމަ ވާހަކަ ދެއްކީ މަރިޔަމް ޒުބައިރު (މަންދީ) އެވެ. އޭގެ ފަހުން ވަރަށް ގިނަ އިދާރާތަކުން ކުއްލިއަކަށް އެމްޑީޕީ ކުށްވެރިކޮށް ބަޔާންތަކެއް ނެރުނެވެ. އޭގެ ތެރޭގައި ހިއުމަން ރައިޓްސް ކޮމިޝަން އަދި އިލެކްޝަންސް ކޮމިޝަން ހިމެނެ އެވެ.
އެ މައްސަލަައިގައި މަންދީގެ އިތުރުން އެމްޑީޕީ އަދި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްގެ މައްޗަށް މަދަނީ ދައުވާއެއް ކުރުމަށް ފަސްޓް ލޭޑީ ސާޖިދާ ވަނީ ނިންމަވައިފަ އެވެ. ދައުވާ ކުރަނީ އެބޭފުޅުން ސީދާ ދެއްކެވި ކޮން ވާހަކައެއްގެ މައްޗަށް ބިނާކޮށް ކަމެއް ސާޖިދާގެ ވަކީލު އާޒިމާ ޝަކޫރު ވިދާޅެއްނުވެ އެވެ.
25.00%
0.00%
50.00%
25.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment