Advertisement

މަންދީ ގަޔަށް ކަޅުތެޔޮ ޖަހައިފި

Advertisement


މަންދީ ގަޔަށް ކަޅުތެޔޮ ޖަހައިފި

Advertisement

Advertisement

އެމްޑީޕީގެ އެކްޓިވިސްޓު، އަދި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމުގެ މަންމަ، މަރިޔަމް ޒުބައިރު (މަންދީ)ގެ ގަޔަށް މިރޭ ބަޔަކު ކަޅުތެޔޮ ޖަހައިފި އެވެ.

އެމްޑީޕީން ބާއްވަމުންދާ ސިލްސިލާ މުޒާހަރާ ނިންމުމަށް ފަހު މިރޭ ސައިކަލްގައި ގެޔަށް ދިޔަ މަގުމަތީގައި، މަންދީ އަށް ކަޅުތެލުގެ ހަމަލާ ދިނީ ހެލްމެޓު އަޅައިގެން ތިބި ބަޔަކު ދަންވަރު 1:07 ހާއިރު ކަލާފާނު ހިނގުމުން ކަމަށް އޭނާ ބުންޏެވެ.

Advertisement

މުޒާހަރާއެއްގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒުގެ ބޭފުޅެއްގެ ވާހަކަ ދެއްކި މަންދީގެ މައްޗަށް ފުލުހުން ޖިނާއީ ތަހުގީގެއް ހިންގަން ވަނީ ފަށައިފި އެވެ.

މަންދީ ބުނީ މީގެ ކުރިން ވެސް ސައިކަލްގައި އެކަނި އުޅޭ ކަމަށާއި ދުވަހަކު ވެސް މަގުމަތިން މީހަކު މިފަދަ ކަމެއް ކޮށްފައި ނެތް ކަމަށެވެ.

"އަޅުގަނޑުމެންނަށް ގަބޫލު ކުރެވެނީ ދެން މި ސަރުކާރުގެ އެއްވެސް ހިމާޔަތަކާއި ރައްކާތެރި ކަމެއް އެމްޑީޕީގެ މީހަކަށް ނެތޭ،"މަންދީ ބުންޏެވެ.

Advertisement

"އަޅުގަނޑު އެދެނީ ފުލުހުންގެ ކިބައި ތިބޭފުޅުން ވަކި ފަރާތަކަށް ނުޖެހި އަޅުގަނޑުމެންނަށް ވެސް ދިވެހިރައްޔިތެއްގެ ހައިސިއްޔަތުން ހިމާޔަތާއި ރައްކާތެރިކަން ދޭށޭ"

Advertisement

28.57%

21.43%

42.86%

7.14%

މި ލިޔުން ކިޔާލުމުން


Advertisement

Advertisement

އަހުމަދު1

about 3 hours ago

މީކާއިލް ވާހަމަ ރަނގަޅު. މަގޭ މަންމައަށް މިހެން ހެދިމީހަކު އަތް ނުހުންނާނެ މިއަދު ހެނދުނުވާއިރު.

ސައިޚް

about 3 hours ago

2008 ކުން ފެށިގެން ޕީ.ޕީ.އެމް މީހުން، ދެން ޕީ.އެންސީ. މީހަކަށް ވެރިކަން ލިބޭ ކޮންމެފަހަރަކު އެމް.ޑީ.ޕީ. މީހުނަށް ، ތަކެއްޗަށް، ކަޅުތެލާ، އަދި އެކި އެކި ހަމަލާތަށް ދެމުންގެންދޭ، އެކަމަކު ބަދަލުގަ ދުވަހަކުވެސް އެމް.ޑީ.ޕީ. މީހަކު އެފަދަ ދަށުދަރަޖައިގެ އަމަލެއް ހިންގިކަން އެނގިފަކަނެތް، ސަރުކާރު ގޮތްހުސްވަމުން ދާކަމުގެ ހެކި މީވެސް،

ބުހުތާނު6

about 4 hours ago

ސަރުކާރު ބޮޑުތަނުން ފެއިލް.. ލޯނުތައް ނުލިބި ފައިސާ ޗާޕްކުރަން ހުއްދަ ނުލިބުނީމަ އޭގެ ރުޅި މޑޕ މީހުންނަށް..

ބުލްބުލް

about 5 hours ago

ސާބަހޭ ކަޅުތެޔޮ ކޮތަޅާ

ށޯޅަ

about 12 hours ago

ސިމްޕަތީ ހޯދަން އަމިއްލަ ޕާޓިން ކުރާ ކަމެއް. ކަޅުތެޔޮ ޖަހައިގެން ސިމްޕަތީ ހޯދުމަކީ އެމްޑީޕީއަށް އާކަމެއް ނޫން

ބެއަޔާގެ ދަރި

about 4 hours ago

މާދަމާ ބަޔަކު އައިސް ހަމަލާ ދީ ދުވަސް ދުއްވާލީމާ ވެސް ބުނާނީ އަމިއްލަ އަށް ކުރި ކަމެކޭތަ؟


އިބއރ

about 13 hours ago

މުއިއްޒުގެ ބޮލުގެ ޓެސްޓެއް ހަދާފައި، އޭނާ އެއީ ސިކު މީހެއްތޯ ނޫނީ ނޫންތޯ ބެލުން މިވަގުތައް ވަރަށް މުހިންމު. މުޅި ގައުމު އިނދަޖެހެން ކުޑަތަންވެފައި ވަނިކޮށް މަންދީ އާއި އަޅައިގަނެގެން މިއުޅެނީ ކީއްވެ؟ މިއީ ކުޑަވަރެއް. މަދަމާ ފިޔާޒުއަށް ވާނޭ ގޮތެއް ނޭނގޭ. ރައްޔިތުންނޭ ހިތްވަރެއްލާ. މި ޖައްބާރު ޖެހޭނީ ވެރިކަމުން ވައްޓާލަން. އެނޫން ގޮތެއް ނެތް.