Advertisement

ޖީ20 ސަމިޓަށް ޕުޓިންއަށް ދައުވަތު ދިނުމުން އެމެރިކާއިން ހިތްހަމަނުޖެހިއްޖެ

30 އޭޕްރީލް 2022 - 11:13 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އިންޑޮނީޝިއާގެ ރައީސް ޖޯކޯ ވިޑޯޑޯ. މި އަހަރު ޖީ20 ގެ ރިޔާސަތު ބަލަހައްޓަނީ އިންޑޮނީޝިއާއިން. -- ފޮޓޯ: އޭއެފްޕީ


ޖީ20 ސަމިޓަށް ޕުޓިންއަށް ދައުވަތު ދިނުމުން އެމެރިކާއިން ހިތްހަމަނުޖެހިއްޖެ

30 އޭޕްރީލް 2022 - 11:13 0

އަންނަ ނޮވެމްބަރު މަހު އޮންނަށް ޖީ20 ސަމިޓަށް ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިންއަށް ދައުވަތު ދިނުމުން، އެމެރިކާއިން އިންޑޮނީޝިއާއާ މެދު ހިތްހަމަނުޖެހިއްޖެ އެވެ.

އިންޑޮނީޝިއާގެ ރައީސް ޖޯކޯ ވިޑޯޑޯ ވިދާޅުވީ ޕުޓިންގެ އިތުރުން ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީއަށް ވެސް ދައުވަތު ދެއްވި ކަމަށެވެ.

ޖީ20 ގެ ރިޔާސަތު މި އަހަރު ބަލަހައްޓަނީ އިންޑޮނީޝިއާ އިންނެވެ. ސަމިޓުން ރަޝިއާ އެކަހެރި ކުރަން ހުޅަނގުގެ ގައުމުތަކުން ދިޔައީ އިންޑޮނީޝިއާއަށް ޕްރެޝަރު ކުރަމުންނެވެ.

ނަމަވެސް އިންޑޮނީޝިއާއިން ބުނީ "ވަކި އަތަކަށް" އެ ގައުމުން ނުޖެހުން މުހިންމު ކަމަށެވެ.

ޕުޓިން، ވިޑޯޑޯއަށް ފޯނުން ގުޅުއްވައި ވިދާޅުވީ ސަމިޓުގައި ބައިވެރިވާނެ ކަމަށެވެ. ސަމިޓް އޮންނާނީ އަންނަ ނޮވެމްބަރު މަހު އިންޑޮނީޝިއާގެ ބާލީގަ އެވެ.

ރަޝިއާއަކީ ޖީ20 ގެ މެމްބަރެއް ނަމަވެސް، ޔޫކްރެއިނަކީ އެ ގްރޫޕްގެ މެމްބަރެއް ނޫނެވެ. އެހެންކަމުން، ސަމިޓުގައި ބައިވެރިވުމަށް ޔޫކްރެއިނަށް ދައުވަތު ދިނީ، އެމެރިކާގެ ޕްރެޝަރާ ހެދި ކަމަށް ބެލެވެ އެވެ.

"ރައީސް [ޖޯ ބައިޑެން] ވަނީ ޕުޓިން ސަމިޓަށް ވަޑައިގެންނެވުމާ ދެކޮޅުކަން ހާމަކުރައްވާފައި. ނަމަވެސް ޔޫކްރެއިނުން ބައިވެރިވުމަށް މަރުހަބާ ކިޔަން،" ވައިޓް ހައުސްގެ ޕްރެސް ސެކެޓްރީ ޖެން ސާކީ ވިދާޅުވި އެވެ.

ރަޝިއާއަށް ސަމިޓުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމާ އެމެރިކާއިން ދެކޮޅު ކަމަށް ތަކުރާރުކޮށް އޭނާ ވިދާޅުވި އެވެ. ޕުޓިން ވަޑައިގަންނަވާ ނަމަ، އެމެރިކާއިން ސަމިޓް ބޮއިކޮޓް ކުރުމުގެ ފުރުސަތު އެބަ އޮތް ކަމަށް ރިޕޯޓުތައް ބުނެ އެވެ. ނަމަވެސް ވައިޓް ހައުސްއިން އެކަމަށް ވަކި އެއްޗެއް ނުބުނެ އެވެ.