Advertisement

ށ. ކަނޑިތީމުން ގެއްލިގެން ހޯދަމުންދިޔަ ތުއްތު ކުއްޖަކު މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެ

25 އޭޕްރީލް 2022 - 21:42 0

ށ. ކަނޑިތީމު. އެ ކުއްޖާ ގެއްލިގެން ހޯދަން ފެށީ މިއަދު އިރުއޮއްސުނު ވަގުތު -- ފޮޓޯ: ރޮޓާސް ޓޫރިސްޓިކާސް


ށ. ކަނޑިތީމުން ގެއްލިގެން ހޯދަމުންދިޔަ ތުއްތު ކުއްޖަކު މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެ

25 އޭޕްރީލް 2022 - 21:42 0

ށ. ކަނޑިތީމުން ގެއްލިގެން ހޯދަމުންދިޔަ އެއް އަހަރުގެ ތުއްތު ކުއްޖަކު މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މަރުވެފައި އޮއްވާ ފެނުނީ އެއް އަހަރުގެ ތުއްތު ފިރިހެން ކުއްޖެކެވެ. އެ ކުއްޖާ ފެނުނީ ގެއްލިގެން ހޯދަމުން ދަނިކޮށް މޫދުގައި އޮއްވަ އެވެ.

އެ ކުއްޖާ ގެއްލިގެން ފުލުހުންނަށް އާންމުން ރިޕޯޓުކުރީ މިއަދު އިރުއޮއްސި 06:30 ހާއިރު ކަމަށް ފުލުހުން ބުނެ އެވެ.

އަދި، އެ ކުއްޖާ މޫދުން ނަގައިގެން ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށް ފުލުހުން ހޮސްޕިޓަލާ ހަވާލާދީ ބުނެ އެވެ.

މި ހާދިސާ އާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހިއްސާކޮށްފައިނުވާއިރު ބަލަން ޖެހޭ ކަންކަން ބަލައި ތަހުގީގު ކުރަމުން އަންނަ ކަމަށް އެ އިދާރާއިން ބުނެ އެވެ.