Advertisement

ސަން އައިލެންޑް ރިސޯޓުގައި ޓޫރިސްޓަކު ގެނބިގެން މަރުވެއްޖެ

17 އޭޕްރީލް 2022 - 15:10 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ސަން އައިލެންޑް ރިސޯޓު--


ސަން އައިލެންޑް ރިސޯޓުގައި ޓޫރިސްޓަކު ގެނބިގެން މަރުވެއްޖެ

17 އޭޕްރީލް 2022 - 15:10 0

އއ. އަތޮޅުގައި ހިންގަމުން އަންނަ ސަން އައިލެންޑް ރިސޯޓުގައި ފަތުރުވެރިޔަކު ގެނބިގެން މަރުވެއްޖެ އެވެ.

މަރުވެފައި ވަނީ އިންޑިއާ މީހެކެވެ.

އެ ރިސޯޓުގައި މަސައްކަތް ކުރާ މުވައްޒަފަކު "އަދަދު" އަށް ބުނީ އެ މީހާ މަރުވެފައި ވަނީ ސޭންޑް ބޭންކަކަށް ގޮސް އުޅެނިކޮށް ކަމަށެވެ.

"ފައި ޖެހޭ ހިސާބުން ފަހަތަށް ޖެހެނިކޮށް ފަޅުތެރޭގެ ފުން ތަނަށް އޮޔާ ދަމައިގަނެގެން ގެނބުނީ. ގެނބިގެން މަރުވީ،" މައުލޫމާތު ދެމުން އޭނާ ބުންޏެވެ.

ފުލުހުން ބުނީ އދ. އަތޮޅު ރިސޯޓެއްގައި މޫދަށް އެރިއުޅުނު ފިރިހެން ޓޫރިސްޓަކު ގެނބިގެން އުޅޭކަމަށް މިއަދު މެންދުރު 12:11 ގައި ފުލުހުންނަށް ރިޕޯޓްކުރި ކަމަށެވެ. ފަރުވާދެމުން ދަނިކޮށް އޭނާ މަރުވެފައިވާ ކަމަށާއި އެއީ އުމުރުން 30 އަހަރުގެ އިންޑިއާ މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

ރާއްޖެއަށް ޓޫރިސްޓުން އަންނަ މައިގަނޑު ސަބަބަކީ ރާއްޖޭގެ ކަނޑުފަޅުގެ ރީތިކަން ކަމަށް ވާއިރު، ޓޫރިސްޓުން ގެނބިގެން މަރުވުމުގެ ހާދިސާތައް ކޮންމެ އަހަރަކުވެސް ކޮންމެވެސް ވަރަކަށް ހިނގަ އެވެ.