Advertisement

ހައި ސްޕީޑް ފެރީ ނެޓްވޯކުގެ ބާކީ އަތޮޅުތައް ވެސް އެމްޓީސީސީއާ ހަވާލުކޮށްފި

15 އޭޕްރީލް 2022 - 16:00 0

އަމަން ހަލީމް

އ

Advertisement

ހައި ސްޕީޑް ފެރީ ނެޓްވޯކުގައި ބޭނުންކުރަން ބަނދެފައިވާ ލޯންޗެއް: ގަލްފްކްރާފްޓާ ހަވާލުކޮށްގެން ބަންނަ މި ލޯންޗުތައް ފުރަތަމަ ޓެސްޓުކުރީ ސެޕްޓެމްބަރުގައި. -- ފޮޓޯ: އެމްޓީސީސީ

ހައި ސްޕީޑް ފެރީ ނެޓްވޯކުގެ ބާކީ އަތޮޅުތައް ވެސް އެމްޓީސީސީއާ ހަވާލުކޮށްފި

15 އޭޕްރީލް 2022 - 16:00 0

Advertisement

ރާއްޖޭގެ ހުރިހާ އަތޮޅެއް ހައި ސްޕީޑް ފެރީ ނެޓްވޯކަކުން ގުޅާލުމުގެ ގޮތުން ސަރުކާރުން ފަށާފައިވާ "އިންޓެގްރޭޓަޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކުގެ" ދެވަނަ ފިޔަވައްސާއި ތިންވަނަ ފިޔަވަހި ހިންގަން ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

މި ނެޓްވޯކު ގާއިމުކުރުމުގެ މަސައްކަތުގެ ފުރަތަމަ ފިޔަވަހި ކުރިޔަށް ގެންދިޔަ އެމްޓީސީސީއާ މި މަސައްކަތްތައް ހަވާލުކުރުމާއެކު، މުޅި ރާއްޖޭގައި މި ނެޓްވޯކު ގާއިމުކުރުމުގެ މަސައްކަތް ކުރާނީ އެ ކުންފުނިންނެވެ.

Advertisement

ހަ ޒޯނަކަށް ބަހާލައިގެން ކުރިޔަށް ގެންދާ މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހިދުމަތް ދޭން ފަށާނީ ހއ. އާއި ހދ. އާއި ށ. އަތޮޅުގަ އެވެ.

ފެރީ ނެޓްވޯކުގެ ދެވަނަ ފިޔަވައްސާއި ތިންވަނި ފިޔަވަހީގައި ހިމެނޭ އަތޮޅުތައް

ޒޯން 2 – ނ.، ރ.، ބ.، ޅ. އަތޮޅު

Advertisement

ޒޯން 3 – ކ.، އއ.، އދ.، ވ. އަތޮޅު

ޒޯން 4 – މ.، ފ.، ދ.، ތ.، ލ. އަތޮޅު

ޒޯން 5 – ގއ. އާއި ގދ. އަތޮޅު

ޒޯން 6 – ޏ. އަތޮޅާއި ސ. އަތޮޅު

ޕްލޭނިން މިނިސްޓްރީން އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް އެވެ. މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކެޓްރީ ޒީނިޔާ ހަމީދެވެ.

މި އެއްބަސްވުމުގެ ދަށުން މި ނެޓްވޯކަށް ބޭނުންވާ 65 ލޯންޗާއި 149 ޓާމިނަލް އެޅިގެންދާނެ އެވެ. މި ޓާމިނަލްތަކުގެ ތެރޭގައި ހިމެނެނީ ޒޯނުތަކުގެ މައި ޓާމިނަލްތަކުގެ ގޮތުގައި ބޭނުންކުރަން އަޅާ ފަސް ޓާމިނަލާއި 31 ފެރީ ޓާމިނަލާއި 114 ފެރީ ސްޓޮޕެވެ.

މި ހުރިހާ މަސައްކަތެއް ވެސް ހިނގާނީ އެމްޓީސީސީގެ ބެލުމުގެ ދަށުންނެވެ.

މިކަމާ ގުޅިގެން އެމްޓީސީސީން ނެރުނު ބަޔާނެއްގައި ބުނީ، މި މަޝްރޫއުގެ ދެވަނަ ފިޔަވައްސާއި ތިންވަނަ ފިޔަވަހި ނިމުމުން ހައި ސްޕީޑު ފެރީ ވިއުގައިގެ މަސައްކަތް އެއްކޮށް ނިމިގެން ދާނެ ކަމަށެވެ.

ހައި ސްޕީޑް ފެރީ ނެޓްވޯކުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތުގެ ދަށުން އެމްޓީސީސީން ދަނީ ފެރީތައް ބަނުމާއި ފެރީ ޓާމިނަލްތައް އެޅުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރަމުންނެވެ.

މި ލޯންޗުތައް ބަންނަން އެ ކުންފުނިން ހަވާލުކުރީ އެ ދާއިރާގައި ފުންނާބު އުސް ގަލްފު ކްރާފްޓު ކުންފުންޏާ އެވެ. އެ ކުންފުންޏާ ހަވާލުކުރީ ޖުމްލަ 17 ލޯންޗު ބަންނާށެވެ.

މީގެ ފުރަތަމަ ލޯންޗުތައް ބަނދެ ޓެސްޓުކުރީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ.

ހައި ސްޕީޑް ފެރީގެ ޓެސްޓް ދަތުރު މިއަދު ހދ ގެ 4 ރަށަކަށް

އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް އަކީ މުޅި ރާއްޖެއަށް އަމާޒުކޮށް ފަސިންޖަރުން އަދި މުދާ އުފުލާ ފެރީ ހިމެނޭ ގޮތުން، ނޭޝަނަލް ސްޕެޝަލް ޕްލޭން ގައި ހިމެނޭ ތިން ޒޯން އާއި ހަ ރީޖަން ގުޅުވައި ދިނުމަށް ފަރުމާ ކޮށްފައިވާ ވިއުގައެ

އެމްޓީސީސީން ބުނެފައިވާ ގޮތުގައި އެއާކޯން ކޮށްފައި ހުންނަ މި ލޯންޗުތަކުގައި ސީޓުތައް ފަސޭހަވެފައި ޖާގަ ތަނަވަސް ވާނަ އެވެ. ފާހަނަ އާއި ލަގެޖު ބަހައްޓާ ތަނެއް ވެސް ހުންނާނެ އެވެ.

އޭގެ އިތުރުން މި ލޯންޗުތައް ފަރުމާކޮށްފައިވަނީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފަސޭހައިން އަރާފޭބޭގޮތަށް އަދި ފަސޭހައިން ބަލި މީހުން އުފުލޭ ގޮތަށް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

41 ރަށެއްގައި ފެރީ ޓާމިނަލް އެޅުމުގެ މަސައްކަތް ފަށައިފި

ހައި ސްޕީޑު ފެރީގެ ފުރަތަމަ ފިޔަވައްސަށް 157 މިލިއަން ރުފިޔާ ހަރަދުވާއިރު، އޭގެ ތެރެއިން 107 މިލިއަން ރުފިޔާ ހަރަދު ކުރަނީ ހައި ސްޕީޑް 17 ފެރީ ބަނުމަށެވެ. ބާކީ ފައިސާއަކީ ރަށްރަށުގައި ފެރީ ޓާމިނަލް ގާއިމުކުރުމަށެވެ. އެއީ 50 މިލިއަން ރުފިޔާ އެވެ.

ރާއްޖެ ޓްރާންސްޕޯޓު ލިންކުގެ ނަމުގައި އެމްޓީސީސީން ފަށާ މި ހިދުމަތާ ގުޅިގެން އެންމެ ފަހުން އެމްޓީސީސީގެ އެމްޑީ އާދަމް އާޒިމް މީޑިއާތަކަށް ވިދާޅުވެފައިވާ ގޮތުގައި ތާވަލާ އެއްގޮތަށް އޭޕްރިލް މަހު ފަހުކޮޅު ހިދުމަތް ދޭން ފެށޭ ވަރު ވާނެ އެވެ.