Advertisement

ވިލާ ގޭސްތަ؟ މިހާރު އެޕުން ވެސް އޯޑަރު ކުރެވޭނެ

13 އޭޕްރީލް 2022 - 20:51 0


ވިލާ ގޭސްތަ؟ މިހާރު އެޕުން ވެސް އޯޑަރު ކުރެވޭނެ

13 އޭޕްރީލް 2022 - 20:51 0

ވިލާ ގޭހަށް އޯޑަަރުކުރުން ކަސްޓަމަރުންނަށް ފަސޭހަކުރުމަށްޓަކައި މޯބައިލް އެޕެއް ތައާރަފްކޮށްފި އެވެ.

ވިލާ ހަކަތައިން އިން މިއަދު ބުނީ ވިލާ ގޭސް ބޭނުންކުރާ ކަސްޓަމަރުން މޯބައިލް އެޕް މެދުވެރިކޮށް ދޭ އޯޑަރުތައް އިތުބާރާއި އަވަސްކަމާއި ރައްކާތެރިކަމާއެކު މިހާރު ޑެލިވަރީކޮށްދޭ ކަމަށެވެ. ވިލާ ގޭސް މޯބައިލް އެޕްލިކޭޝަން ފަރުމާކޮށްފައި ވަނީ ކަސްޓަމަރުންނަށް އެކައުންޓްގެ މައުލޫމާތާއި ޕޭމަންޓް ހިސްޓްރީ ވެސް ފެންނާނެ ގޮތަށެވެ. ގޭސްފުޅި ގުޅުމަށް ބޭނުންވާ އާލާތްތައް ވެސް އެޕް މެދުވެރިކޮށް ލިބެން ހުންނާނެ އެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ އެލްޕީޖީގެ ހިދުމަތް ދެމުން އައި ކުންފުންޏަށް ވާއިރު މި ބްރޭންޑްގެ އެންމެ ބޮޑު މަގުސަދަކީ ސާފު ކުކިން ފިއުލް މާކެޓަށް ފޯރުކޮށްދިނުމެވެ. ރާއްޖޭގެ އެންމެ ބޮޑު އެލްޕީޖީ ސްޓޯރޭޖް ފެސިލިޓީ އާއި ޑެޑިކޭޓެޑް ޓީމެއް އޮތް ވިލާ ގޭސް އަކީ ރާއްޖޭގައި އެންމެ އިތުބާރުކުރެވޭ އެއް ބްރޭންޑެވެ.

ވިލާ ގޭސް ވިއްކަނީ ވިލާ ޓްރޭޑިންގެ ބްރާންޗެއް ކަމަށްވާ ވިލާ ހަކަތައިންނެވެ. ވިލާ ހަކަތައަކީ ރާއްޖޭގައި ހަކަތަ (އެލްޕީޖީ، ޑީސަލް، ޕެޓްރޯލް، މެރިންގެ އޮއިލް)، ސިމެންތި އަދި ކޮންސްޓްރަކްޝަން މެޓީރިއަލްސްގެ ވިޔަފާރިކުރާ ބޮޑު ވިޔަފާރިއެކެވެ.

ވިލާ ހަކަތައަކީ 2003 ވަނަ އަހަރު އެލްޕީޖީ، ޑީސަލް، ޕެޓްރޯލް، މެރިން ގޭސް އޮއިލް (އެމްޖީއޯ) އަދި ސިމެންތި ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރާ ކުންފުންޏެވެ.