13 އޭޕްރީލް 2022 - 13:15 0
ފާތިމަތު ސާޔާ އަހުމަދު
ބްރޫކްލިން ބެކަމް ކައިވެނި ކުރީ އެމެރިކާގެ އެކްޓްރެސް ނިކޮލާ ޕެލްޓްޒްއާ. -- ފޮޓޯ: އިންސްޓަގްރާމް
13 އޭޕްރީލް 2022 - 13:15 0
ޑޭވިޑް އަދި ވިކްޓޯރިއާ ބެކަމްގެ ދޮށީ ފިރިހެން ދަރި، ބްރޫކްލިން ބެކަމް އާއި އެމެރިކާގެ އެކްޓްރެސް ނިކޮލާ ޕެލްޓްޒް މިދިޔަ ހޮނިހިރު ދުވަހު ކައިވެނިކޮށްފި އެވެ.
ރިޕޯޓުތައް ބުނާ ގޮތުން އެ މީހުންގެ ވެޑިން ހަފްލާއަށް 3.5 މިލިއަން ޑޮލަރު ހޭދަކުރި އެވެ. ވެޑިންގެ ފޮޓޯތައް އާއިލާއިން އާއްމުކުރީ ހޯމަ ދުވަހު އެވެ.
ފްލޯރިޑާގައި ބޭއްވި ކައިވެނީގެ ހަފްލާ އާއި ވެޑިން ޕާޓީގެ ފޮޓޯތައް އުމުރުން 23 އަހަރުގެ ބްރޫކްލިން ބެކަމްގެ އިންސްޓަގްރާމް މެދުވެރިކޮށް ވަނީ ދައްކާލާފަ އެވެ.
ނިކޮލާ ލައިގެން ހުރީ ވެލެންޓީނޯ ހެދުމެއް.
ޝެފެއްގެ ވަޒީފާ އަދާ ކުރާ ބްރޫކްލިން އާއްމު ކުރި ފޮޓޯތަކުން ފެނުނު ގޮތުގައި އޭނާގެ އަންހެނުން ވެޑިންގައި ލައިގެން ހުރީ ވެލެންޓީނޯ ހެދުމެކެވެ.
އިނގިރޭސިވިލާތުގެ ދަ ޑެއިލީ މެއިލް ނޫހުން ބުނީ ވެޑިން ހަފްލާގައި ޖަޒުބާތުން ފުރިފައި ހުރި ޑޭވިޑް ބެކަމް ވަނީ ބްރޫކްލިން އާއި ނިކޮލާއަށް މަރުހަބާ ކިޔައިފަ އެވެ. އަދި ސްޕީޗް ދެމުން ރޮވުނު ކަމަށް ވެ އެވެ.
ބެކަމް ކައިވެނި ހަފްލާގައި ތިން ފިރިހެން ދަރިންނާ އެކު.
ޑޭވިޑް އާއި ވިކްޓޯރިއާގެ ހަތަރު ދަރިން ތިބެ އެވެ. އެއީ 23 އަހަރުގެ ބްރޫކްލިން އާއި 19 އަހަރުގެ ރޯމިއޯ ޖޭމްސް އާއި 17 އަހަރުގެ ކްރޫޒް އަދި 10 އަހަރުގެ ހާޕާ ސެވަން އެވެ.
Comment