Advertisement

މީރު ބައިޓްސް: ޗީޒް އެންޑް ސްޕިނެޗް ކީޝް

12 އޭޕްރީލް 2022 - 14:25 0


މީރު ބައިޓްސް: ޗީޒް އެންޑް ސްޕިނެޗް ކީޝް

12 އޭޕްރީލް 2022 - 14:25 0

ބޭނުންވާ ތަކެތި

ކްރަސްޓް ހެދުމަށް ބޭނުންވާ ތަކެތި

  • 160 ގްރާމް ފުށް
  • 1/2 ސައިސަމްސާ ލޮނު
  • 100 ގްރާމް ބަޓާ (ފިނިކޮށް)
  • 60 އެމްއެލް ފިނި ފެން

ތައްޔާރުކުރާނެ ގޮތް

ފުށް، ބަޓަރު އަދި ލޮނު ހޭންޑް މިކްސަރަކުން ނުވަތަ މިކްސަރުން މިކްސް ކޮށްލާށެވެ. ރަނގަޅަށް މިކްސްކޮށްލުމަށް ފަހު ދެން އޭގެ ތެރެއަށް ފިނިފެން ފޮދު އަޅާލުމަށްފަހު ފުށްގަނޑު މޮޑޭހެން މޮޑެލާށެވެ. މޮޑެ ނިމުމުން ފުށްގަނޑު ތައްޓަކަށް ލައި 45 ވަރަކަށް މިނެޓް ވަންދެން ފްރިޖަށް ފިނިކުރަން ލާށެވެ. ގަޑި ހަމަ ވުމުން ނަގައި ފިނި ކެނޑެންދެން ބާއްވާލުމަށްފަހު ޕިއްޒާ ކްރަސްޓް ގޮތަށް ވަށްކޮށް މާ ބޯ ނޫން ވަރަކަށް ދަމާލާށެވެ. އެއަށްފަހު ޓާޓް ތަވާއަކަށް ކްރަސްޓް ލުމަށްފަހު އަނެއްްކާ ވެސް 15 ވަރަކަށް މިނިޓް ވަންދެން ފްރިޖަށް ލާށެވެ. އަވަން 160 ޑިގްރީ އަށް ލާފައި ހޫނުކޮށްލަން ވާނެ އެވެ. ދެން ފްރިޖަށް ލީ ޓްރޭ ނަގައި ހޫނުކޮށް ހުރި އަވަނަށް ލައި ވިއްސަކަށް މިނިޓަށް ފިހެލާށެވެ. އޭރުން ކްރަސްޓް ތައްޔާރުކޮށްލެވުނީ އެވެ.

މިކްސް ތައްޔާރުކުރުމަށް ބޭނުންވާ ތަކެތި

  • 2 ޖޯޑު ސްޕިނެޗް ފަތް ކޮށާފައި
  • 3 ބިސް
  • 1/2 ޖޯޑު މިލްކް
  • 1/3 ޖޯޑު ޝްރެޑެޑް ޗީޒް
  • 6 ޗެރީ ޓޮމާޓޯ
  • 1/4 ސައިސަމްސާ ލޮނު
  • 1/4 ސައިސަމްސާ އަސޭމިރުސް
  • 1 ފިޔާ

ތައްޔާރުކުރާނެ ގޮތް

ކޮށާފައި ހުރި ފިޔާ ކޮޅާއި، ސްޕިނެޗް ފަތްކޮޅު ތެއްޔެއްގައި ހަނާކޮށްލާށެވެ. އެއަށްފަހު، ވަކި ތައްޓެއްގައި ބިހާއި ކިރު، ކުޑަ ލޮނުކޮޅަކާއި އަސޭމިރުސް ކޮޅެއް ލައިގެން މިކްސް ކޮށްލާށެވެ.

ފިހަން ލީ ކްރަސްޓް ވިހި މިނިޓް ވުމުން އަވަނުން ނަގާފައި ރަނގަޅަށް ހިހޫ ވުމުން ހަނާކުރި ސްޕިނެޗް ފަތްކޮޅު ކްރަސްޓްގެ މަތީގައި އެއްވަރަކަށް ފަތުރާލާށެވެ. ދެން އޭގެ މައްޗަށް ފަހުން ގިރި ބިހުގެ މިކްސްޗާ އަޅާފައި އޭގެ މައްޗަށް އެއްވަރަކަށް ސްރެޑެޑް ޗީޒް އަޅާށެވެ. ޗެރީ ޓޮމާޓޯ މެދުން ފަޅާލުމަށްފަހު ގާނިޝް ކޮށްފައި 25 މިނިޓް ވަރު އަވަނުން ފިހެލާށެވެ. ފިހާ އިރު މަތި މާ އަވަހަށް ފިހިދާނެހެން ހީވާނަމަ ފޮއިލް އެޅުމުން ރަނގަޅު ވާނެ އެވެ. 25 މިނިޓަށް ފަހު ވަޅި އެއް ނުވަތަ ސަމްސަލަކުން އެތެރެ ރޯފިލާފައި ހުރިތޯ ބެލިދާނެ އެވެ. ރޯ ނުފިލާނަމަ އިތުރު ދިހަ ވަރަކަށް މިނިޓަށް ފިހެލާށެވެ. ފިހުމުން އަވަނުން ނަގައި، ދިހަ ވަރަކަށް މިނިޓް ހިހޫ ކުރަން ބަހައްޓާފައި ސުފުރާ އަށް ނަގާށެވެ.

އެޑިޓަރުގެ ނޯޓު


ރެސިޕީ ތައްޔާރުކުރީ، މި ރޯދަ މަހު "އަދަދު"ން ގެނެސްދޭ ކުކިން ޝޯ، "މީރު ބައިޓްސް"ގައި ގެނެސްދޭ ކާ ތަކެތި ތައްޔާރުކޮށް، ޝޯ ހުށަހަޅައިދޭ، އާމިނަތު މައުރީނާ (މައު) އެވެ