Advertisement

މީރު ބައިޓްސް: މެންގޯ ޕެނަކޮޓާ

9 އޭޕްރީލް 2022 - 13:17 0

މެންގޯ ޕެނަކޮޓާ


މީރު ބައިޓްސް: މެންގޯ ޕެނަކޮޓާ

9 އޭޕްރީލް 2022 - 13:17 0

ބޭނުންވާ ތަކެތި

  • 200 އެމްއެލް މިލްކް
  • 200 އެމްއެލް ވިޕް ކްރީމް
  • 35 ގްރާމް ހަކުރު
  • 1 ޝީޓް ޖެލަޓިން
  • 1 މޭޒުމަތީ ސަމްސާ ވެނީލާ އެސެންސް

ޖެލީ ތައްޔާރުކުރުމަށް؛

  • 100 ގްރާމް މެންގޯ ޕިއުރީ
  • 1 ޝީޓް ޖެލަޓިން

ތައްޔާރުކުރާނެ ގޮތް

އައިސް ފެން ތަށްޓެއްގެ ތެރެއަށް ޖެލަޓިން ޝީޓްތައް ލާފައި ފޯކުރަން ބަހައްޓާފައި ކިރާއި ވިޕް ކްރީމާއި ހަކުރު އަދި ވެނީލާ އެސެންސް އަޅައި އެއްކޮށް ކައްކާށެވެ. ކެކެން ފެށުމުން ތަންކޮޅެއް ގިނި ގަދަކޮށްލުމަށް ފަހު، ފޯކުރަން ބޭއްވި ޖެލަޓިން ޝީޓު ނަގައި މިކްސްގެ ތެރެއަށް ލައި ގިރެން ދެން އެއްކޮށްލާށެވެ.

މައްޗަށް ފޮނު އަރާފައި ހުރި ނަމަ ސްކިމާ އަކުން ނަގާލިޔަސް ރަނގަޅުވާނެ އެވެ. އެއަށްފަހު ކުދި ޖޯޑަށް އެޅުމަށްފަހު ފްރިޖަށް ލާށެވެ.

މެންގޯ ޖެލީ ތައްޔާރުކުރުމަށް؛

ނަގާފައި ހުރި މެންގޯ ޕިއުރީ އާއި ބާކީ އޮތް ޖެލަޓިން ޝީޓު އެއްކޮށް ތެއްޔެއްގައި ހޫނުކޮށްލާށެވެ. ރަނގަޅަށް އެއްކޮށްލުމަށްފަހު ޖޯޑުތަކުގެ ޓޮޕް ލޭޔާގެ ގޮތުގައި އަޅާލުމަށްފަހު އަނެއްކާ ވެސް ފްރިޖަށް ލާށެވެ. ގަޑިއެއް ހާއިރު ފްރިޖް ކުރުމަށްފަހު ސުފުރާ މައްޗަށް ނަގާށެވެ.

އެޑިޓަރުގެ ނޯޓު


ރެސިޕީ ތައްޔާރުކުރީ، މި ރޯދަ މަހު "އަދަދު"ން ގެނެސްދޭ ކުކިން ޝޯ، "މީރު ބައިޓްސް"ގައި ގެނެސްދޭ ކާ ތަކެތި ތައްޔާރުކޮށް، ޝޯ ހުށަހަޅައިދޭ، އާމިނަތު މައުރީނާ (މައު) އެވެ