Advertisement

ރެސިޕީ: ރާސްބެރީ މޫސް ޖާ

8 އޭޕްރީލް 2022 - 10:42 0


ރެސިޕީ: ރާސްބެރީ މޫސް ޖާ

8 އޭޕްރީލް 2022 - 10:42 0

ބޭނުންވާ ތަކެތި

  • 100ގްރާމް ރާސްބެރީ
  • 1 މޭޒުމަތީ ސަމްސާ ލުނބޯ ހުތް (ބޭނުންނަމަ)
  • 150 މިލިލީޓަރުގެ ވިޕިން ކްރީމް
  • 1 ބިސް (ރީނދޫ ބައި)
  • 50 ގްރާމް ހަކުރު
  • 1 ޖެލެޓިން ޝީޓް

ތައްޔާރުކުރާނެ ގޮތް

އެންމެ ފުރަތަމަ ފިނި ފެންފޮދެއްގެ ތެރޭގައި ޖެލެޓިން ޝީޓް ފަސް މިނެޓް ވަންދެން ފޯކޮށްލާށެވެ. އެއަށްފަހު ވިޕިން ކްރީމަށް ހަކުރުގެ އެއްބައި އަޅާ ރަނގަޅަށް ވިޕް ވަންދެން މިކްސް ކޮށްލާށެވެ. އެއަށްފަހު ފްރިޖްގައި ބަހައްޓާލާށެވެ.

ތެއްޔަކަށް ހޫނު ފެން އަޅާ އޭގެ ތެރެއަށް ތައްޓެއްލާ ދެން ބާކީ ހުރި ހަކުރު ކޮޅާއި ބިހުގެ ރީނދޫބައި ތަށީގައި ހާކާށެވެ. ގިނި ގަދަކޮށް ފުފެންދެން ކައްކާށެވެ. އޭގެ ތެރެއަށް ކުރިން ތައްޔާރުކުރި ޖެލެޓިން އަޅާ ވިރެންދެން އެއްކޮށްލާށެވެ.

އޭގެ ތެރެއަށް ވިޕިން ކްރީމް އަޅާ ރަނގަޅަށް އޮމާންކޮށް މަޑުވަންދެން އެއްކޮށްލާށެވެ. ވިޕިން ކްރީމްކޮޅު އަޅާނީ އެތިކޮޅުންނެވެ. އަޅަމުން ދާއީރު ދޭފަތުން ރަނގަޅަށް ހާކާށެވެ.

އެއަށްފަހު ކުދި ޖޯޑަށް އެޅުމަށްފަހު ފްރިޖަށްލާށެވެ. ފިނިވުމުން ސުފުރާ މައްޗަށް ނަގާށެވެ.

އެޑިޓަރުގެ ނޯޓު


ރެސިޕީ ތައްޔާރުކުރީ، މި ރޯދަ މަހު "އަދަދު"ން ގެނެސްދޭ ކުކިން ޝޯ، "މީރު ބައިޓްސް"ގައި ގެނެސްދޭ ކާ ތަކެތި ތައްޔާރުކޮށް، އެ ޝޯ ހުށަހަޅައިދޭ، އާމިނަތު މައުރީނާ (މައު) އެވެ