Advertisement

ލަގްޒަރީ ރެސިޑެންސްގެ އާ ބާބު، ސޮލިޓެއާގެ ބިންގާ އަޅައިފި

7 އޭޕްރީލް 2022 - 20:25 0

ސޮލިޓެއާގެ އިމާރާތުގެ ކުރެހުމެއް؛ އެ އިމާރަތަކި ޖުމްލަ ނުވަ ފަންގިފިލާގެ އިމާރާތެއް.


ލަގްޒަރީ ރެސިޑެންސްގެ އާ ބާބު، ސޮލިޓެއާގެ ބިންގާ އަޅައިފި

7 އޭޕްރީލް 2022 - 20:25 0

ހުޅުމާލޭގައި އަޅާ ނުވަ ފަންގިފިލާގެ ސޮލިޓެއާ ލަގްޒަރީ ރެޒިޑެންސްގެ ބިންގާ މިއަދު އަޅައިފި އެވެ.

އެޕާޓްމެންޓުގެ އިތުރުން ގްރައުންޑް ފްލޯގައި ފިހާރަތަކާއި، ރޫފްޓޮޕް މަލްޓި ފެސިލިޓީ ކްލަބްހައުސްއަކާއެކު މިއަދު ބިންގާ އެޅި ސޮލިޓެއާ ރެޒިޑެންސް ތަރައްގީ ކުރަނީ ރާއްޖޭގެ ލަގްޒަރީ ހައުސިން މާކެޓުގެ އާ ބާބެއްގެ ފެށުމުގެ ގޮތުގައި ކަމަށް އެ މަޝްރޫއު ކުރިޔަށްގެންދާ ރެއިންބޯ ކޮންސްޓްރަކްޝަނުން ބިންގާ އެޅުމުގެ މުނާސަބަތުގައި ބުންޏެވެ.

ސޮލިޓެއާ ހަދަނީ ކޮންމެ ފްލޯއެއްގައި 1،200 އަކަފޫޓުގެ އަށް އެޕާޓްމެންޓް ތަރައްގީކުރާ ގޮތަށެވެ. ކޮންމެ އެޕާޓްމެންޓެއްގައި ވެސް ހަތަރު ކޮޓަރި ހުންނާނެ އެވެ. އެންމެ މަތީ ފްލޯ ހާއްސަ ކޮށްފައިވަނީ ޒަމާނީ ލަގްޒަރީ ފެންވަރުގެ ހަތަރު ޕެންޓްހައުސް އަށެވެ.

މުޅި ޑިޒައިން ފަރުމާކޮށްފައިވަނީ ދިރިއުޅުމުގެ ހިތްފަސޭހަކަން ގެނުވައި ދިނުމަށެވެ. އެ ސަބަބަށްޓަކައި ސޮލިޓެއާގެ މިއަދު ބިންގާއެޅި މަޝްރޫއުގައި ޒަމާނީ ފެންވަރުގެ ޖިމަކާއި، އިންފިނިޓީ ޕޫލެއްގެ އިތުރުން ކުޑަކުދިންގެ ޕާކަކާއި ޕޫލެއް ވެސް ހިމެނޭނެ އެވެ. އަދި އާއިލާތަކަށް ހިތްފަސޭހަ މައިޒާނެއް ވެސް އެތަނުގައި ތަރައްގީކުރާނެ އެވެ.

ސޮލިޓެއާއަކީ އިންޑިއާގެ އެސޮޓެކް ރިއަލްޓީއިން ރާއްޖޭގައި ކުރިޔަށްގެންދާ މަޝްރޫއެކެވެ. އެ ކުންފުންޏަކީ މޮރިޝަސްގެ ސެންޑަލް މޮރިޝަސްގެ ސަބްސިޑިއަރީ ކުންފުންޏެކެވެ. އެސޮޓެކް އަކީ ސެންޑަލްއިން ރާއްޖޭގައި ރިއަލް އެސްޓޭޓް މަސައްކަތްކުރުމަށް ހާއްސަކޮށް އުފެއްދި ކުންފުންޏެކެވެ.

އެސޮޓެކް އިން މިހާރު ވަނީ ގެދޮރާއި ވިޔަފާރި، ހޮސްޕިޓަލިޓީ އަދި އޮފީސް އިމާރާތްކުރުމުގެ ދާއިރާއިން ކާމިޔާބު މަޝްރޫއުތަކެއް ހިންގައިފަ އެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ ސެންޑަލް މޮރިޝަސްއިން ހުޅުމާލެ ސެންޓްރަލް ޕާކު ކައިރީ ތަރައްގީކުރި ވަން ސެންޓްރަލް ޕާކު މަޝްރޫއު އެވެ.

ސޮލިޓެއާ މަޝްރޫއު އެންމެ ފުރަތަމަ އިފްތިތާހުކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އެވެ. އެ މަޝްރޫއުގެ އިމާރާތްކުރުމުގެ މަސައްކަތްކުރަނީ ރެއިންބޯއިންނެވެ.