Advertisement

އެއްމެދު އިމާރާތްތައް ރަޖިސްޓްރީކުރަން ޕޯޓަލެއް ތައާރަފުކޮށްފި

22 ޖަނަވަރީ 2024 - 17:34 0

އެއްމެދު އިމާރާތް ރަޖިސްޓްރީކުރަން ޕޯޓަލް ތައާރަފްކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ހައުސިން މިނިސްޓްރީ


އެއްމެދު އިމާރާތްތައް ރަޖިސްޓްރީކުރަން ޕޯޓަލެއް ތައާރަފުކޮށްފި

22 ޖަނަވަރީ 2024 - 17:34 0

އެއްމެދު އިމާރާތްތަކުގެ ރަޖިސްޓްރޭޝަން މަރުހަލާ ފުރިހަމަ ކުރުމަށާއި އެއްމެދު އިމާރާތްތައް މެނޭޖު ކުރުމަށް ހާއްސަ ސްޓްރާޓާ ޕޯޓަލް ލޯންޗުކޮށްފި އެވެ.

ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، ޕޯޓަލް ލޯންޗު ކޮށްދެއްވީ ކުރީގެ ހައުސިން މިނިސްޓަރު އިބްރާހިމް ރަފީގެވެ.

އެއްމެދު އިމާރާތް ނުވަތަ "ސްޓްރާޓާ ސްކީމް" އަކީ، އިމާރާތެއް ނުވަތަ އިމާރާތްތަކެއްގައި ހިމެނޭ ޔުނިޓުތައް ވަކިވަކި ފަރުދުންނަށް މިލްކު ކުރެވޭ ގޮތަށް ހަދާފައި ވުމެވެ. އަދި އެ އިމާރާތް ނުވަތަ އިމާރާތްތަކެއްގައި ހިމެނޭ ޔުނިޓުތަކުގެ މިލްކުވެރި ފަރާތްތަކުގެ މެދުގައި ހިއްސާވެ އެ ތަންތަން ހިންގައި ބެލެހެއްޓުމެވެ.

މިއަދު ލޯންޗުކުރި ޕޯޓަލް އިން އެއްމެދު އިމާރާތްތައް ރަޖިސްޓްރީ ކުރުމުގެ އިތުރަށް އެއްމެދު އިމާރާތްތަކަށް ނިސްބަތްވާ މެނޭޖުމަންޓް ކޯޕަރޭޝަންތައް ރަޖިސްޓްރީކޮށް ސަރުކާރުން އެ ތަންތަން ރެގިއުލޭޓް ކުރުމުގެ މަސައްކަތްތައް ކުރެވޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައި، ރާއްޖޭގައި ރިއަލް އެސްޓޭޓް ވިޔަފާރި ފުޅާކުރުމަށްޓަކައި އެ ދާއިރާގެ ކުންފުނިތަކުން ތަރައްގީކުރާ މަޝްރޫއުތައް އެއްމެދު އިމާރާތްތަކުގެ ގޮތުގައި ރަޖިސްޓްރީކުރުމާއި ގަނެވިއްކުމާއި އަދި ހިންގައި ބެލެހެއްޓުމާ ގުޅޭ ކަންކަން މަގުފަހި ކުރުމަށް ފަރުމާކުރެވިފައިވާ ޕޯޓަލްއެކެވެ.

ސަރުކާރުގެ އަމާޒަކީ މުޅި ރާއްޖޭގެ އެއްމެދު އިމާރާތްތަކުގެ ހުރިހާ މައުލޫމާތުތަކެއް ރެކޯޑު ކުރެވިގެންދާނެ ޕޯޓަލްއަކަށް މިއަދު ތައާރަފުކުރި ޕޯޓަލް ހެދުމެވެ.