Advertisement

ގައިދީންނަށާއި އޮފިސަރުންނަށް މާފުށީ ޖަލުގައި 2 ދަނޑު އަޅަނީ

7 އޭޕްރީލް 2022 - 15:26 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

މާފުށީ ޖަލުގައި މިހާރު ހަދާފައިވާ ފަނޑު-- ފޮޓޯ: މިނިސްޓަރު މަހުލޫފް


ގައިދީންނަށާއި އޮފިސަރުންނަށް މާފުށީ ޖަލުގައި 2 ދަނޑު އަޅަނީ

7 އޭޕްރީލް 2022 - 15:26 0

މާފުށީ ޖަލުގައި ގައިދީންނަށާއި މޯލްޑިވްސް ކަރެކްޝަން ސާވިސްގެ އޮފިސަރުންނަށް ދެ ފުޓުބޯޅަދަނޑު ތަރައްގީ ކުރަން ނިންމާފައިވާ ކަމަށް ޔޫތު މިނިސްޓްރީން ބުނެފި އެވެ.

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާފުށި ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާ މީހުންނަށް ކަސްރަތުކޮށް އަދި ކުޅެއުޅުމުގެ ފުރުސަތު އޮންނަޖެހޭ ކަމަށް ޔޫތް މިނިސްޓްރީން ދެކޭތީ އާއި ކަރެކްޝަންގެ އެދުމުގެ މަތިން، ގައިދީން އަދި އޮފިސަރުންނަށް ދެ ފުޓްސަލް ދަނޑު ތަރައްގީ ކޮށްދިނުމަށް ހަވާލުކުރެވިފައިވާ ކަމަށެވެ.

ރާއްޖޭގެ ޖަލުތަކުގައި އޮފިސަރުންނަށާއި ގައިދީންނަށް މީގެ ކުރިންވެސް ވަނީ ތަފާތު ހަރަކާތްތައް ހިންގާފަ އެވެ.

އެގޮތުން ފިޒިކަލް ޕްރޮގްރާމުތަކާއި އެކި ކަހަލަ ކުޅިވަރު މުބާރާތްތައްވެސް ވަނީ ބާއްވާފަ އެވެ.