Advertisement

ޗެލްސީގެ ވެރިޔާ އަބްރަމޮވިޗް ތުރުކީ އިން ކްލަބެއް ގަންނަނީ: ރިޕޯޓް

7 އޭޕްރީލް 2022 - 10:53 0

ޗެލްސީގެ ވެރިޔާ ރަޝިއާގެ މަހުޖަނު އަބްރަމޮވިޗް.-- ފޮޓޯ: މޮސްކޯ ޓައިމްސް


ޗެލްސީގެ ވެރިޔާ އަބްރަމޮވިޗް ތުރުކީ އިން ކްލަބެއް ގަންނަނީ: ރިޕޯޓް

7 އޭޕްރީލް 2022 - 10:53 0

އިސްތަންބޫލް، ތުރުކީ (އޭޕްރީލް 7) - ޗެލްސީގެ ވެރިޔާ ރަޝިއާގެ މަހުޖަނު ރޯމަން އަބްރަމޮވިޗް ތުރުކީ އިން ކްލަބެއް ގަތުމުގެ މަޝްވަރާތައް ނިންމާލާފައިވާ ކަމަށް އެ ގައުމުގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ޔޫކްރެއިނަށް އަރައި ރަޝިއާ އިން ކުރަމުން އަންނަ ހަނގުރާމައިގެ ސަބަބުން ރަޝިއާގެ ވިޔަފާރިވެރިންނަށް ޔޫރަޕްގެ ގައުމުތަކުން، ހާއްސަކޮށް އިންގްލެންޑުން ކުރިމަތިވަމުން އަންނަ ފިއްތުންތަކުގެ ސަބަބުން އަބްރަމޮވިޗަށް ވަނީ ޗެލްސީ ވިއްކާލަން މަޖުބޫރުވެފަ އެވެ.

ޗެލްސީ، 2003 ވަނަ އަހަރު ގަނެ، އެ ކްލަބް ދުނިޔޭގެ ފުޓްބޯޅައިގެ ވަރުގަދަ ބާރަކަށް ހެދި މޭސްތިރިޔާ، އަބްރަމޮވިޗް އަންނަނީ ޗެލްސީ ދޫކޮށްލަން ޖެހޭނެތީ، ފުޓްބޯޅައިގެ އާ އިންވެސްޓްތައް ކުރަން ވިސްނަމުންނެވެ. ތުރުކީގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން އަބްރަމޮވިޗް ވަނީ ތުރުކީގެ ކްލަބެއް ކަމަށްވާ ގޯޒްޓެޕޭ އެސްކޭ އެވެ.

ތުރުކީގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން އަބްރަމޮވިޗް ވަނީ މިހާރު ގޯޒްޓެޕޭ ގަތުމުގެ ހުރިހާ ކަމެއް ނިންމައިފަ އެވެ. އަދި ރަސްމީ އިދާރާތަކުން ލަސްވެގެން ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި އަބްރަމޮވިޗް، ގޯޒްޓެޕޭ ގަތްކަން އިއުލާނުކުރާނެ ކަމަށް ވެސް އެ ރިޕޯޓްތަކުގައިވެ އެވެ.

ފުޓްބޯޅަ އަށް ހާއްސަ ޝައުގުވެރިކަމެއް ހުންނަ އަބްރަމޮވިޗް އަންނަނީ ރަޝިއާގެ ދަށް ޑިވިޝަން ކްލަބްތަކަށް ވެސް މާލީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެ ގޮތުން އަބްރަމޮވިޗްގެ ބައެއް ވިޔަފާރި ކުންފުނިތަކަކީ ރަޝިއާގެ ބައެއް ކްލަބްތަކުގެ މައިނޯރިޓީ ހިއްސާދާރުންނެވެ.

އަބްރަމޮވިޗަކީ އިޒްރޭލުގެ އިތުރުން ޕޯޗުގީސް ރަށްވެހިކަން ލިބިފައިވާ މީހެކެވެ. ރަޝިއާގެ މީޑިއާ ރިޕޯޓް ބުނާގޮތުން އިޒްރޭލްގެ ޓެލް އަވީވްގެ ކްލަބަކަށް ވެސް އަބްރަމޮވިޗް އަންނަނީ އެކި ގޮތްގޮތުން ސްޕޮންސަ ހަމަޖައްސައިދެމުންނެވެ.