Advertisement

މާފުށިވަރު ރިސޯޓު އައުޓްރިގާ އިން ގަނެފި

5 އޭޕްރީލް 2022 - 11:36 0

އަމަން ހަލީމް

އަމަން ހަލީމް

އދ. މާފުށިވަރުގައި ތަރައްގީކޮށްފައިވާ މާފުށިވަރު ރިސޯޓު: މި ރިސޯޓަށް ދެން ކިޔާނީ އައުޓްރިގާ މޯލްޑިވްސް މާފުށިވަރު ރިސޯޓު. -- ފޮޓޯ: ދި އައިލެންޑް ޗީފް


މާފުށިވަރު ރިސޯޓު އައުޓްރިގާ އިން ގަނެފި

5 އޭޕްރީލް 2022 - 11:36 0

އދ. މާފުށިވަރުގައި ތަރައްގީ ކޮށްފައިވާ މާފުށިވަރު މޯލްޑިވްސް ރިސޯޓު އައުޓްރިގާ ހޮސްޕިޓާލިޓީ ގްރޫޕުން ގަނެފި އެވެ.

މާފުށިވަރަކީ ޕެރެޑައިސް ރިސޯޓް ޑިވެލޮޕްމަންޓު ކިޔާ ދިވެހި ކުންފުންޏަކުން ތަރައްގީ ކޮށްފައިވާ ފަސް ތަރީގެ ރިސޯޓެކެވެ. ބީޗް ވިލާ އާއި ވޯޓާ ވިލާ ހިމަނައިގެން ޖުމްލަ 81 ކޮޓަރި މި ރިސޯޓުގައި ހުރެ އެވެ.

ކުރިން ޓްވިން އައިލެންޑްސް ރިސޯޓުގެ ނަމުގައި ހިންގި މި ރަށުގެ ބޮޑު ރީ-ޑިވެލޮޕްމަންޓަކަށް ފަހު 2020 ގައި އަލުން ހުޅުވީ ޖަރުމަނުގެ ޑާ ޓޫރިސްޓިކް ކުންފުނީގެ އެލްޓީއައި މެނޭޖްމަންޓުގެ ދަށުން، އެލްޓީއައި މާފުށިވަރު މޯލްޑިވްސްގެ ނަމުގަ އެވެ.

ބޭރު މީޑިއާ ރިޕޯޓުތަކުގައިވާ ގޮތުގައި މި ރަށް އައުޓްރިގާ އިން ގަތުމަށް ފަހު ދެން ހިންގާނީ އައުޓްރިގާ މޯލްޑިވްސް މާފުށިވަރުގެ ނަމުގަ އެވެ.

އެކަމަކު ރިސޯޓު ގަތީ ކިހާވަރަކަށް ކަމެއް ސާފެއް ނުވި އެވެ.

މި ރިސޯޓު ގަތް އައުޓްރިގާއަކީ އެމެރިކާގެ ހަވާއީ ކުންފުންޏެކެވެ. މި ކުންފުންޏަކީ ރާއްޖޭގައި ރިސޯޓު ހިންގުމުގެ ތަޖުރިބާ ލިބިފައިވާ ކުންފުންޏެކެވެ.

އެގޮތުން، އެ ކުންފުނިން ވަނީ އަމިއްލައަށް ތަރައްގީކޮށްގެން ގދ. ކޮނޮއްޓާގައި އައުޓްރިގާ ކޮނޮއްޓާގެ ނަމުގައި ރިސޯޓެއް ހިންގާފަ އެވެ. މި ރިސޯޓު އެ ކުންފުނިން 2018 ގައި ވިއްކާލީ އެނބޫދޫފަޅުގައި ކްރޮސްރޯޑްސް ތަރައްގީކުރި ސިންހާ ރިއަލް އެސްޓޭޓަށެވެ.

ސިންހާއިން މި ރަށް ގަތީ އެ ކުންފުނީގެ ސަބްސިޑަރީ ބޫން ރަޑް ބްރުވަރީ މެދުވެރިކޮށް އައުޓްރިގާ އިން ހަތަރު ގައުމެއްގައި ހިންގާ ހަ ރިސޯޓެއް 250 މިލިއަން ޑޮލަރަށް ގަންނަން ހިންގި މުއާމަލާތުގެ ތެރެއިންނެވެ.

މި ރިސޯޓުތައް ވިއްކާލުމަށް ފަހު ވެސް އައުޓްރިގާ އިން އަންނަނީ ހަވާއީ އާއި ރާއްޖެ ހިމެނޭ ގޮތަށް ފަސް ގައުމެއްގައި ރިސޯޓާއި ހޮޓާތައް ހިންގަމުންނެވެ. އޭގެ ތެރެއިން ގިނަ ތަންތަނަކީ ބީޗް ފްރަންޓު ރިސޯޓުތަކެވެ.