Advertisement

ރެސިޕީ: ކްރީމް ބްރޫލޭ

5 އޭޕްރީލް 2022 - 14:30 0


ރެސިޕީ: ކްރީމް ބްރޫލޭ

5 އޭޕްރީލް 2022 - 14:30 0

ބޭނުންވާ ތަކެތި

  • 60 ގްރާމް ބިސް (ރީނދޫބައި)
  • 135 މިލިގްރާމް ވިޕިން ކްރީމް
  • 65 މިލިލީޓާ ކިރު
  • 35ގ ހަކުރު
  • 1 ސައި ސަމުސާ ވެނީލާ އެކްސްޓްރެކްޓް
  • ޓޮޕިން: ހަކުރު

ތައްޔާރުކުރާ ގޮތް:

ތައްޓެއްގައި ބިހާއި ހަކުރު ރަނގަޅަށް އެއްކޮށްލާށެވެ.

ކިރާއި ވިޕިން ކްރީމް ވެސް ތެއްޔަކަށް އެޅުމަށްފަހު ހޫނުކޮށްލާށެވެ. އަދި ކްރީމްގަނޑު ހޫނުވުމުން އޭގެ ތެރެޔަށް ކުރިން ތައްޔާރުކުރި ހަކުރުކޮޅު އަޅާ އެއްކޮށްލާށެވެ.

ރެމެކިންސް އަށް މި މިކްސްޗާ އަޅާށެވެ. އަދި ތިލަ ފެންގަނޑެއްގައި މަޑު ގިނީގައި ކައްކާލާށެވެ. ކައްކާނީ 100 ޑިގްރީ ސެލްސިއަސްގައި 30-45 މިނެޓު ވަންދެންނެވެ.

ރޯފިލުމުން ހިހޫވެލަންދެން މަޑުކޮށްލުމަށްފަހު ދެއެއް ނުވަތަ ތިން ގަޑިއިރު ވަންދެން ފްރިޖަށްލާ ފިނިކޮށްލާށެވެ.

ކެއުމުގެ ކުރިން ކްރީމްގެ މައްޗަށް ހަކުރުކޮޅެއް އަޅާލާށެވެ. އަދި ބްލޯޓޯޗް އަކުން ހޫނުކޮށްލާ ހަކުރުކޮޅު ކެރަމަލައިޒް ކޮށްލާށެވެ.

އެޑިޓަރުގެ ނޯޓު


ރެސިޕީ ތައްޔާރުކުރީ، މި ރޯދަ މަހު "އަދަދު"ން ގެނެސްދޭ ކުކިން ޝޯ، "މީރު ބައިޓްސް"ގައި ގެނެސްދޭ ކާ ތަކެތި ތައްޔާރުކޮށް، އެ ޝޯ ހުށަހަޅައިދޭ، އާމިނަތު މައުރީނާ (މައު) އެވެ.