Advertisement

އައްޑޫ ޖިންސީ ގޯނާގެ މައްސަލަ މަޖިލިސް ކޮމިޓީން ބަލަން އެދިއްޖެ

3 އޭޕްރީލް 2022 - 22:47 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން--- ފޮޓޯ: މަޖިލިސް


އައްޑޫ ޖިންސީ ގޯނާގެ މައްސަލަ މަޖިލިސް ކޮމިޓީން ބަލަން އެދިއްޖެ

3 އޭޕްރީލް 2022 - 22:47 0

އުމުރުން ހަ އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް އައްޑޫ ސިޓީގައި ޖިންސީ ގޯނާ ކުރި މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ ބައްދަލުވުމެއް މާދަމާ ބާއްވަން ނިންމައިފި އެވެ.

ހަ އަހަރުގެ އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ 59 އަހަރުގެ އަންހެނަކު ފުލުހުން ވަނީ ހައްޔަރު ކޮށްފަ އެވެ. ނަމަވެސް, އެ ރަށު މީހުން ޖިންސީ ގޯނާގެ ތުހުމަތު ކުރަނީ ކުއްޖާގެ ކާފައަށެވެ. އެކަމަކު ފުލުހުން ވަނީ ހައްޔަރުކުރި މީހާގެ އިތުރުން އެހެން މީހެއްގެ މައްޗަށް ތުހުމަތު ކުރެވޭނެ ހެކި މިހާތަނަށް ނެތް ކަމަށް ބުނެފަ އެވެ.

ހައްޔަރު ކުރީ ކަމާނުބެހޭ މީހެއް ކަމަށް ބުނެ އައްޑޫ ސިޓީގެ އެ ކުއްޖާގެ ކާފަގެ ގޭ ދޮށުގައި ވަނީ މުޒާހަރާ ވެސް ކޮށްފަ އެވެ.

ރޮޒައިނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ މައްސަލަގައި އަންހެނަކު ހައްޔަރުކޮށްފައި ވާއިރު މި މައްސަލައާ ގުޅުން ހުރި އެކި ވާހަކަތައް އެކި ގޮތައް ދެކެވޭ ކަމަށެވެ. އެހެންކަމުން މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ކަމާގުޅޭ އިދާރާތަކުން އޮޅުންފިލުވުމަށް، ކޮމިޓީގެ ބައްދަލުވުމެއް މާދަމާ ބާއްވަން ހުށަހަޅުއްވައިފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަދި އެބައްދަލުވުން މާދަމާ ބާއްވާނެ ކަމަށް ކޮމިޓީގެ މުގައްރިރު ޔަގީންކަން ދެއްވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރޮޒައިނާ އިތުރަށް ވިދާޅުވީ ކަމުގެ ހައްސާސް ކަމުން ކަމާ ގުޅޭ ފަރާތްތައް މަޖިލީހަށް ވަޑައިގެން މައުލޫމާތު ދެއްވާ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް ވަގުތުން ޖަވާބު ލިބުން މުހިންމު ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

އަދި ކުށެއް ނެތް މީހަކަށް އެންމެ ހިނދުކޮޅަކުވެސް ނުހައްގުން އަދަބެއް ލިބޭކަށް އެދިވަޑައިނުގަންނަވާ ކަމަށް އޭނާ ފަހަގަކުރެއްވި އެވެ.

އެ މައްސަލަ ކޮމެޓީން މާދަމާ ބެލުމަށް ނިންމާފައިވާއިރު އެ މައްސަލައިގެ ތަހުގީގު އަވަސްކޮށްދިނުމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ ގޮވާލާފަ އެވެ.