Advertisement

ރާއްޖޭގެ ރިސާޗު ނެޓްވޯކެއް ގާއިމުކުރުމުގެ މަސައްކަތް ފަށައި އިންޑިއާގެ ނޭޝަނަލް ނޮލެޖް ނެޓްވޯކާއި ގުޅާލައިފި

27 މާރިޗު 2022 - 11:10 0

ދެ ގައުމުގެ ފޮރިން މިނިސްޓަރުންގެ ނޫސްވެރިންގެ ބައްދަލުވުމުގެ ކުރިން މި އެމްއޯޔޫގައި ސޮއިކުރަނީ -- ފޮޓޯ: ފޮރިން މިނިސްޓްރީ


ރާއްޖޭގެ ރިސާޗު ނެޓްވޯކެއް ގާއިމުކުރުމުގެ މަސައްކަތް ފަށައި އިންޑިއާގެ ނޭޝަނަލް ނޮލެޖް ނެޓްވޯކާއި ގުޅާލައިފި

27 މާރިޗު 2022 - 11:10 0

ރާއްޖޭގައި ހަޔާ އެޑިއުކޭޝަން ރިސާޗު ނެޓުވޯކެއް ގާއިމުކުރުމުގެ މަސައްކަތް ފަށައި އެ ނެޓްވޯކާއި އިންޑިއާގެ ނޭޝަނަލް ނޮލެޖް ނެޓްވޯކާއި ގުޅާލައިފި އެވެ.

އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ. އެސް ޖަޔަޝަންކަރު ރާއްޖެ އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިކަމާ ގުޅޭ އެމްއޯޔޫގައި އިއްޔެ ވަނީ ސޮއިކޮށްފަ އެވެ. މި އެއްބަސްވުމުގެ ސޮއިކޮށްފައި ވަނީ ރާއްޖޭގެ ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޯލޮޖީ (އެންސީއައިޓީ) އާއި އިންޑިއާގެ ނޭޝަނަލް އިންފޮމެޓިކްސް ސެންޓަރާ ދެމެދު އެވެ.

މިއާއެކު އިންޑިއާގެ 1700 އަށްވުރެ ގިނަ ހަޔާ އެޑިއުކޭޝަން އަދި ރިސާޗު އިންސްޓިޓިއުޓްތައް ގުޅާލައި އިންޑިއާގެ ނޭޝަނަލް ނޮލެޖް ނެޓްވޯކުގެ ހިދުމަތް ސީދާ ރާއްޖޭގެ ދެ ޔުނިވާސިޓީ ކަމަށްވާ ނޭޝަނަލް ޔުނިވާސިޓި އަދި އިސްލާމިކް ޔުނިވާސިޓީ އަށް ލިބިގެންދާނެ އެވެ.

އެ ދެ ޔުނިވާސިޓީގެ އިތުރުން ރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދޭ އެހެން ތަންތަން ވެސް މި ނެޓްވޯކާ ގުޅާލުމުގެ މަސައްކަތް ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އާއި ޓެކުނޮލޮޖީ މިނިސްޓްރީ އަދި އެންސީއައިޓީ ގުޅިގެން ވަނީ ފަށާފަ އެވެ.

މި ހިދުމަތުގެ ތެރެއިން އިންޓަނެޓުގެ ހިދުމަތް ނުލައި ރާއްޖޭގެ ހަޔާ އެޑިއުކޭޝަން ނެޓުވޯކުގެ ތެރެއިން އިންޑިއާގެ ނޮލެޖު ނެޓުވޯކުގައި ޝާއިއުކޮށްފައިވާ މައުލޫމާތުތަކާއި، ޑިޖިޓަލް ހިދުމަތްތަކަށް ސީދާ ވަދެވޭނެ އެވެ. އޭގެ ތެރޭގައި ޑިޖިޓަލް ލައިބްރަރީ ކޮންސޯޓިއަމްގެ ހިދުމަތާއި އަދި ހަޔާ އެޑިއުކޭޝަން އިންފޮމޭޝަން ސާވިސަސް ގެ ހިދުމަތާއެކު އޮންލައިން ލާނިން އަށް މަގުފަހިވެގެންދާނެ އެވެ.

މަތީ ތައުލީމާއި ރިސާޗު މަރުކަޒުތައް ގުޅާލައި، ގާއިމުކުރާ ހަޔާ އެޑިއުކޭޝަން ނެޓްވޯކް އޮފް މޯލްޑިވްސް އެންސީއައިޓީ އާއި ހަޔާ އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން ގާއިމުކުރާ ހިދުމަތެކެވެ.