Advertisement

ޓީ10 ކްރިކެޓް މުބާރާތުގެ ތަށި މިލާން އެކެޑަމީ އަށް

27 މާރިޗު 2022 - 08:16 0

މިލާން ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: ސީބީއެމް


ޓީ10 ކްރިކެޓް މުބާރާތުގެ ތަށި މިލާން އެކެޑަމީ އަށް

27 މާރިޗު 2022 - 08:16 0

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން މުޅިން އަލަށް ފެށި ޓީ10 ކްރިކެޓް މުބާރާތުގެ ޗެމްޕިއަންކަން މިލާން ކްރިކެޓް އެކެޑަމީން އިއްޔެ ހޯދައިފި އެވެ.

ކުޅިވަރު އެކުވެނި އެއް ނަމްބަރު ދަނޑުގައި އިއްޔެ މެންދުރު ފަހު ކުޅުނު ފައިނަލް މެޗުން މިލާން މޮޅުވީ ސީބީއެލްއާ ވާދަކޮށް 51 ލަނޑުންނެވެ.

ޓޮސް ދިމާވުމުން މިލާނުން ނިންމީ އެ ޓީމުގައި ތިބި ކުޅުންތެރިންގެ ހުނަރުގެ އެޑްވާންޓޭޖް ނަގައި، ބެޓް ކުރާށެވެ. އެ ގޮތުން 10 އޯވަރުގެ ތެރޭގައި ތިން ކުޅުންތެރިން ނުބައިވެގެން މިލާނުން ވަނީ 117 ލަނޑު ހަދައިފަ އެވެ. އެންމެ ރަނގަޅު ކުޅުމެއް ދެއްކީ ނުބައިނުވެ، 54 ލަނޑު ހެދި ޔޫސުފް އަޒްޔާން ފަރުހަތު އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ވެސް އަޒްޔާން އެވެ.

ޖަވާބުގައި ސީބީއެލް އިން ކުޅެން އަރައި، 10 އޯވަރުގެ ތެރޭގައި ފަސް ކުޅުންތެރިން ނުބައިވެގެން ހެދުނީ 66 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 32 ލަނޑު ހެދި ދިޔަނަދުރަ މަނޯޖްސަރަތުޗަންދުރަ އެވެ.

އިއްޔެ ހެނދުނު ކުޅުނު ރޭންކިން މެޗުގައި ނިއު ސްޓާ އަތުން އައިޒީ މޮޅުވީ ހަތް ވިކެޓުންނެވެ.

ޓީ10 ކްރިކެޓް މުބާރާތަކީ މިހާރު ހަލުވި ދުވެއްޔެއްގައި ކުރިއަރަމުން އަންނަ ފޯމެޓެއްގެ މުބާރާތެކެވެ. ރާއްޖޭގައި މުޅިން އަލަށް ބޭއްވި ޓީ10 ކްރިކެޓް މުބާރާތުގެ ޝަރަފްވެރި އެއް ވަނަ ހޯދި މިލާން ކްރިިކެޓް އެކެޑަމީ ވަނީ މުބާރާތުގައި އެ ޓީމު ކުޅުނު ހުރިހާ މެޗުތަކަކުން މޮޅުވެފަ އެވެ.

އިއްޔެގެ ފައިނަލް މެޗަށް ފަހު ވަނަތަކަށް ހޮވުނު ފަރާތްތަކަށް ޓްރޮފީ އާއި އިނާމު ފައިސާ ހަވާލުކޮށްދެއްވީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު އަބްދުއްސައްތާރު އެވެ.