Advertisement

ޓީ10 ކްރިކެޓް ދެ ސެމީ އާއި ފައިނަލް މެޗު މި މަހު 25 އާއި 26 ގައި

13 މާރިޗު 2022 - 10:33 0

ޓީ10 ކްރިކެޓް މުބާރާތުގެ މެޗެއްގެ ތެރެއިން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ޓީ10 ކްރިކެޓް ދެ ސެމީ އާއި ފައިނަލް މެޗު މި މަހު 25 އާއި 26 ގައި

13 މާރިޗު 2022 - 10:33 0

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން މިހާރު ކުރިއަށްގެންދާ ތާރީހީ ފުރަތަމަ ޓީ10 ކްރިކެޓް މުބާރާތުގެ ސެމީ ފައިނަލް ދެ މެޗާއި ފައިނަލް މެޗު މި މަހު 25 އާއި 26 ވަނަ ދުވަހު ކުޅޭ ގޮތަށް ހަމަޖައްސައިފި އެވެ.

އެންމެ ފުރަތަަމަ މި މެޗުތައް ކުޅެން ޝެޑިއުލްކޮށްފައި އޮތީ މިދިޔަ ހުކުރާއި ހޮނިހިރު ދުވަހުގަ އެވެ. އެކަމަކު، ކުޅިވަރު އެކުވެނި އެއް ނަމްބަރު ދަނޑުގައި މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ހަފްލާ ބޭއްވުމުގެ ތައްޔާރީތައް ކުރިއަށްދާތީ މެޗުތައް ފަސްކުރަން ސީބީއެމް އިން ނިންމީ އެވެ.

ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުކޮށްފައިވަނީ ސީބީއެލް، މާލެ ސްޕޯޓްސް ކްލަބް، މިލާން ކްރިކެޓް އެކެޑަމީ އަދި ކޮމެޓްސް ސްޕޯޓްސް ކްލަބް އެވެ. ފުރަތަމަ ސެމީގައި 25 ވަނަ ދުވަހު ހެނދުނު ސީބީއެލް އާއި ކޮމެޓްސް ކުޅޭއިރު، އެ ދުވަހު މެންދުރު ފަހު ދެ ވަނަ ސެމީގައި ބައްދަލުކުރާނީ މިލާން ކްރިކެޓް އެކަޑަމީ އާއި މާލޭ ސްޕޯޓްސް ކްލަބެވެ. ފައިނަލް މެޗު އޮންނާނީ މި މަހު 26 ވަނަ ދުވަހު އެވެ.

ދުނިޔޭގެ އެކި ގައުމުތަކުގައި ވެސް ފޯރިގަދަކޮށް ބާއްވަމުން އަންނަ ޓީ10 ކްރިކެޓް، ރާއްޖެ އަށް ތައާރަފްކޮށް، ކުރިއަށްގެންދާ ފުރަތަމަ މުބާރާތަށް ލިބުނު ތަރުހީބު ނިސްބަތުން ބަލާއިރު ރަނގަޅެވެ. ޖުމްލަ 10 ޓީމެއް ބައިވެރިވިއިރު، މެޗުތައް ކުރިއަށްގެންދިޔައީ ދެ ގްރޫޕަށް ބަހާލައިގެންނެވެ.

މި ވަގުތު ފޯމަށް ބަލާއިރު، މުބާރާތުގެ ފޭވަރިޓް ޓީމެއްގެ ގޮތުގައި އޮތީ މިލާން ކްރިކެޓް އެކެޑަމީ އެވެ. ގްރޫޕް ސްޓޭޖުގައި ފުރިހަމަ ރެކޯޑަކާ އެކު ސެމީން ޖާގަ ހޯދިއިރު، ގްރޫޕް ސްޓޭޖުގައި ވަރުގަދަ ފޯމެއްގައި ފެނުނު ވިޔަންސާ ވަނީ ކުއާޓާގައި ސީބީއެލް އަތުން ބަލިވެފަ އެވެ.

ސީބީއެމް އިން މި އަހަރު ޖެނުއަރީ މަހު ބޭއްވި ޓީ20 ކްރިކެޓް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ މާލެ ވެޓަރަންސް އެވެ.