Advertisement

ސްޓުޑެންޓް ލޯނަށް 1،000 އެޕްލިކޭޝަން ވަނީ ލިބިފަ: ޑރ. ހަސަން

6 މާރިޗު 2022 - 10:32 0

އަހުމަދުﷲ އަބްދުލްހާދީ

އަހުމަދުﷲ އަބްދުލްހާދީ

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން. ފޮޓޯ: އަދަދު/ހުސެއިން ޝަޔާހު


ސްޓުޑެންޓް ލޯނަށް 1،000 އެޕްލިކޭޝަން ވަނީ ލިބިފަ: ޑރ. ހަސަން

6 މާރިޗު 2022 - 10:32 0

މިދިޔަ މަހުގެ ކުރީކޮޅު ހުޅުވާލި ސަރުކާރުން މަތީ ތައުލީމަށް ދޭ ލޯނަށް އެދުމުގެ ފުރުސަތުގައި 1،000 އެޕްލިކޭޝަން ލިބިފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެ އެވެ.

މި ނޫހާ ވާހަކަ ދައްކަވަމުން ޑރ. އިބްރާހިމް ހަސަން ވިދާޅުވީ ސަރުކާރުގެ މަތީ ތައުލީމުގެ ލޯނު ސްކީމަށް ހުޅުވާލި 720 ފުރުސަތަށް 1،000 އެޕްލިކޭޝަން ލިބިފައިވާ ކަމަށެވެ. ނަމަވެސް އެޕްލިކޭޝަންތައް ލިބުނު ވަކި ވަކި ދާއިރާތަކެއް މިނިސްޓަރު ވިދާޅެއް ނުވެ އެވެ.

ސަރުކާރުގެ ސްޓުޑެންޓް ލޯނު ސްކީމަށް ހުޅުވާލީ މިދިޔަ މަހުގެ 7 ވަނަ ދުވަހު އެވެ. މިފަހަރު ސަރުކާރުން ލޯނަށް ހުޅުވާލީ ލޯނު ސްކީމަށް ބަދަލުތަކެއް ވެސް ގެނައުމަށް ފަހު އެވެ.

އެގޮތުން މިފަހަރުގެ ލޯނު ސްކީމުގައި އެމްބީބީއެސް ނުވަތަ ޑޮކްޓްރީކަން ކިޔަވާ ދަރިވަރުންނަށް ހާއްސަކޮށް 40 ސްލޮޓް ވަނީ ރިޒާވްކޮށްފަ އެވެ. އަދި އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށް 417 ޖާގަ ހުޅުވާލިއިރު، މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ވެސް 303 ޖާގައަށް ލޯނު ދޫކުރަން ވަނީ ނިންމައިފަ އެވެ.

ހަމައެއާއެކު މިފަހަރުގެ ލޯނު ސްކީމުގައި އެޑްމިނިސްޓްރޭޓިވް ފީގެ އަގު ވެސް ވަނީ ފަސް ޕަސަންޓުން އެއް ޕަސަންޓަށް ކުޑަކޮށްފަ އެވެ. ލޯނަށް ހުށަހެޅުމުގެ މުއްދަތު މިދިޔަ ބުރާސްފަތި ދުވަހަށް މިހާރު ވަނީ ހަމަވެފަ އެވެ.