ރިސޯޓުތަކުން 2.6 ބިލިއަން ރުފިޔާ ދައުލަތަށް ނުދައްކާ!

ހުޅުމާލޭގެ މަގެއްގެ މަތިން ދެ ޓޫރިސްޓުން ހިނގާފައިދަނީ: ފަތުރުވެރިންގެ އަތުން ނަގާ ގްރީން ޓެކްސް ވެސް ބައެއް ރިސޯޓުތަކުން ހުރީ ދައުލަތަށް ނުދައްކާ -ފޮޓޯ: ހުސެއިން ޝަޔާހް/އަދަދު

ހުޅުމާލޭގެ މަގެއްގެ މަތިން ދެ ޓޫރިސްޓުން ހިނގާފައިދަނީ: ފަތުރުވެރިންގެ އަތުން ނަގާ ގްރީން ޓެކްސް ވެސް ބައެއް ރިސޯޓުތަކުން ހުރީ ދައުލަތަށް ނުދައްކާ -ފޮޓޯ: ހުސެއިން ޝަޔާހް/އަދަދު

ރިސޯޓު ހިންގާ ފަރާތްތަކުން ކުއްޔާއި ޓެކްސް އަދި ޖޫރިމަނާ ގޮތުގައި ގާތްގަނޑަކަށް 2.6 ބިލިއަން ރުފިޔާ ނުދައްކާ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުތަކުން ހާމަވެއްޖެ އެވެ.

މައުލޫމާތު ހޯދާ ލިބިދިނުމުގެ ގާނޫނުގެ ދަށުން އާރުޓީއައި އެކްޓިވިސްޓް އައިމަން ލަތީފް މީރާއިން ހޯދައި އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ފެންނަ ގޮތުގައި ޓީޖީއެސްޓީގެ ގޮތުގައި މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް ޖުމްލަ 17.5 މިލިއަން އެމެރިކާ ޑޮލަރު (270 މިލިއަން ރުފިޔާ) ދައުލަތަށް ވަނީ ނުލިބި އެވެ.

ފައިސާ ނުދައްކާ ހުރީ ކޮން ރިސޯޓުތަކަކުން ކަމެއް މީރާއިން ހާމައެއް ނުކުރެ އެވެ.

Advertisement

ރިސޯޓުތަކުން ސަރުކާރަށް ނުލިބި ހުރި ފައިސާގެ ތެރޭގައި 2012 ވަނަ އަހަރުން ފެށިގެން ދައްކަންޖެހި ނުދައްކާ ހުރި ޓެކްސް ފައިސާ ހިމެނެ އެވެ.

އޭގެ އިތުރުން، 2016 ވަނަ އަހަރު ތައާރަފުކުރި ގްރީން ޓެކްސްގެ ތެރެއިން ބައެއް ރިސޯޓުތަކުން ދައުލަތަށް ނުދައްކާ ހުރި ފައިސާގެ އަދަދު ގާތްގަނޑަކަށް 3.8 މިލިއަން ޑޮލަރު (58.5 މިލިއަން ރުފިޔާ) އަށް އަރަ އެވެ. ގްރީން ޓެކްސް ނަގަނީ ފަތުރުވެރިންގެ އަތުންނެވެ.

ނަމަވެސް، އެންމެ ބޮޑު އަދަދެއް ދައުލަތަށް ނުލިބިވަނީ ރިސޯޓުތަކުންޖެހޭ ކުލިންނެވެ.

އެ ހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް އޮޕަރޭޓިން ލައިސެންސް ދޫކޮށްފައިވާ 26 ފަރާތަކުން ޖުމްލަ 45 މިލިއަން އެކެރިކާ ޑޮލަރު (ގާތްގަނޑަކަށް 694.8 މިލިއަން ރުފިޔާ) ނުދައްކަ އެވެ. އޭގެ ތެރޭގައި 2013 ވަނަ އަހަރުން ފެށިގެން ދައްކަންޖެހޭ ކުލި ހިމެނޭއިރު، ކުލި ނުދައްކައިގެން އަރާފައިވާ ޖޫރިމަނާގެ އަދަދު ވަނީ ގާތްގަނޑަކަށް އޭގެ ދެ ގުނައަށް އަރައިފަ އެވެ.

އެގޮތުން، ޖޫރިމަނާގެ ގޮތުގައި އަރާފައިވާ 105.1 މިލިއަން އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް 1.6 ބިލިއަން ރުފިޔާ) އާއެކު، ރިސޯޓު ކުއްޔާއި ޖޫރިމަނާގެ ޖުމްލަ އަދަދު ހުރީ 150.4 މިލިއަން ޑޮލަރު (2.3 ބިލިއަން ރުފިޔާ) ގަ އެވެ.

އެއާއެކު، ރިސޯޓުތަކުން ދައުލަތަށް ދައްކަންޖެހި ނުދައްކާ ހުރި ފައިސާގެ ޖުމްލަ އަދަދު ހުރީ 171.5 މިލިއަން އެމެރިކާ ޑޮލަރުގަ އެވެ. އެއީ ދިވެހި ރުފިޔާއިން ބަލާއިރު ދައުލަތަށް ލިބެންޖެހޭ ގާތްގަނޑަކަށް 2.6 ބިލިއަން ރުފިޔާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox